ads
ކެނެޑާ އަށް ފައިޒާ ވެކްސިންގެ ޝިޕްމެންޓް ގެނައި ބޯޓު. އެއާއި އެކު ކެނެޑާ ވަނީ ހުޅަނގުގެ ގައުމުތަކުގެ ތެރެއިން ވެކްސިން އެތެރެކުރި ތިންވަނަ ގައުމަށް---
ފައިޒާ ވެކްސިން ލިބުނު ހުޅަނގުގެ ތިންވަނަ ގައުމަކަށް ކެނެޑާ
އިނގިރޭސިވިލާތާއި އެމެރިކާ އަށް ފަހު، ހުޅަނގުގެ ގައުމުތަކުގެ ތެރެއިން ތިންވަނަ އަށް ފައިޒާގެ ކޮވިޑް-19 ވެކްސިން ލިބުނު ގައުމަކަށް ކެނެޑާ ވެއްޖެ އެވެ.
Advertisement

އިއްޔެ ކެނެޑާ އަށް ފައިޒާގެ ވެކްސިން ޝިޕްމެންޓެއް އައިސްފައިވާ އިރު، މާދަމާ އިން ފެށިގެން އެގައުމުގެ ރައްޔިތުންނަށް ވެކްސިން ދޭން ފަށާނެ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯ ވަނީ ވިދާޅުވެފަ އެވެ.

ކެނެޑާ އަށް 30،000 އެއްހާ ވެކްސިން ޑޯޒް ލިބިފައިވާ އިރު، ކެނެޑާގެ ސާދަ ސަރަހައްދަކަށް އެ ވެކްސިން ޑޯޒްތައް ފޮނުވުމަށް ވަނީ ހަމަޖެހިފަ އެވެ. އެ ގައުމުގައި އެންމެ ފުރަތަމަ ވެކްސިން ދޭނީ ހައި ރިސްކް މީހުންނަށާއި، އުމުރުން ދުވަސްވީ ފަރާތްތަކަށާއި، ސިއްހީ އޮފިޝަލުންގެ އިތުރުން ސިއްހީ މަރުކަޒުތަކުގައި މަސައްކަތްކުރާ ފަރާތްތަކަށެވެ.

ތަފާތު ބައިތަކަށް ބަހާލައިގެން މިގޮތަށް ވެކްސިން ގެނައުމުގެ މަގްސަދަކީ ގަވާއިދުން ވެކްސިން ފޯރުކޮށްދިނުމަށް ސިފައިންގެ މޭޖާ ޖެނެރަލް ޑެނީ ފޯޓިން މިއަދު ވިދާޅުވިއެވެ. 

"މި އަހަރު ނިމުމުގެ ކުރިން 249،000 ޑޯޒް ލިބޭނެ ކަމަށް ލަފާކުރެވޭ،" - ކެނެޑާ ސިފައިންގެ މޭޖާ ޖެނެރަލް ޑެނީ ފޯޓިން -

ކެނެޑާ އަށް ކޮވިޑް-19 ގެ ދެވަނަ ރާޅެއް ބިންދާލާފައިވާ އިރު، ފާއިތުވެ ދިޔަ ހުކުރު ދުވަހު އެގައުމުގެ ސިއްހަތާއި ބެހޭ އިދާރާތަކުން ވަނީ ކޮވިޑް-19 ކޮންޓްރޯލް ކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތައް އެޅުމަށް ގޮވައިލާފަ އެވެ.

އިއްޔެ ކެނެޑާ އިން 5،891 މީހުންނަށް ކޮވިޑް-19 ޖެހިފައިވާ އިރު، ޖުމްލަ 460،743 މީހުންނަށް އެގައުމުން ކޮވިޑް-19 ޖެހިފައިވެ އެވެ. ދާދިފަހުން އެގައުމުގެ ސިއްހީ މާހިރުން ވިދާޅުވި ގޮތުގައި އަންނަ ޖެނުއަރީ މަހުން ފެށިގެން ދުވާލަކު 12،000 ކޭސް ފެނުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

ހޮނިހިރު ދުވަހު 81 މީހުން ކެނެޑާ އިން މަރުވެފައިވާ އިރު، ކޮވިޑް-19 ގައި މިހާތަނަށް އެގައުމުން 13،431 މީހުން މަރުވެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް