ads
އިބްތިހާލް އާއި އޭނާގެ މަންމަ އާފިޔާ މުހައްމަދު--
އިބްތިހާލްގެ މަރު: ވަކީލު ބަދަލުވުމުން ހުލާސާ ބަޔާން އިއްވުން ފަސްކޮށްފި
ހުކުމް ކުރުން އޮންނާނީ 28 ވަނަ ދުވަހު: ގާޒީ
ވ. ރަކީދޫގައި އަނިޔާވެރި ގޮތަކަށް މުހައްމަދު އިބްތިހާލް މަރާލި މައްސަލައިގައި އޭނާގެ މަންމަ، އާފިޔާ މުހައްމަދުގެ މައްޗަށް އުފުލާފައިވާ ދައުވާގައި ހުލާސާ ބަޔާން އިއްވުން ފަސްކޮށްފި އެވެ.
Advertisement

ރަކީދޫގައި އިބްތިހާލް މަރާލާފައި އޮއްވާ ފެނުނީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. މި މައްސަލައިގައި ދައުލަތުން އާފިޔާގެ މައްޗަށް އުފުލާފައިވަނީ އަމުރަށް ނުކިޔަމަންތެރިިވުމުގެ ދައުވާއާއި ގަސްދުުގައި ކުއްޖަކު މެރުމުގެ ދައުވާ އެވެ.

އެ މައްސަލައިގައި އާފިޔާގެ ފަރާތުން ހުލާސާ ބަޔާނެއް ހުށަހެޅުމަށް ބޭނުންވާ ކަމަށް އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އާފިޔާގެ ވަކީލް ވިދާޅުވުމުން މިމަހުގެ 10 ވަނަ ދުވަހާއި ހަމައަށް ވަނީ އެ ފުރުސަތު ދެއްވާފަ އެވެ. އާފިޔާއަށް އެ މައްސަލައި ވަކީލަކު ހަމަޖައްސާފައިވަނީ ދައުލަތުގެ ފަރާތުންނެވެ. 

އެ މައްސަލައިގައި މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދައުލަތުން އާފިޔާއަށް ހަމަޖައްސާފައިވާ ވަކީލު ބަދަލުވެފައިވާ ކަމަށެވެ. އަދި އެކަމުގައި އޭޖީ އޮފީހުން ފޮނުވި ސިޓީގައި ހުލާސާ ބަޔާން އިއްވުން ފަސްކޮށްދިނުމަށް އެދިފައިވާ ކަމަށެވެ. 

އާފިޔާއަށް ދައުލަތުން ހަމަޖައްސައިދިން ވަކީލް މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ވިދާޅުވީ އޭނާއާ މައްސަލަ ހަވާލުކޮށްފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ކަމަށެވެ. އަދި މައްސަލައިގައި އާފިޔާ ހުލާސާ ބަޔާނެއް ދިނުމަށް ބޭނުންވާ ކަމަށާއި، އެކަމަށްޓަކައި މައްސަލަ ދިރާސާ ކުރުމަށް ވަގުތު ބޭނުންވާކަމަށް ވިދާޅުވި އެވެ. އެގޮތުން މައްސަލަ ދިރާސާކޮށް ހުލާސާ ބަޔާނެއް ދިނުމަށް 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ވަނީ އެދިވަޑައިގެންފަ އެވެ. 

އާފިޔާގެ ފަރާތުން ހުލާސާ ބަޔާނެއް ދިނުމަށް އިތުރު 10 ދުވަހުގެ ފުރުސަތެއް ދިނުމަށް ދައުލަތުން އިއުތިރާޒް ނުކުރުމުން ގާޒީ ވިދާޅުވީ މިމަހުގެ 24 ވަނަ ދުވަހާއި ހަމައަށް މައްސަލަ ދިރާސާކޮށް ހުލާސާ ބަޔާން ތައްޔާރު ކުރުމަށް ފުރުސަތުދޭ ކަމަށެވެ. އަދި ވިދާޅުވީ ކޯޓުގެ ސަބަބުން ކަމެއް މެދުވެރި ނުވާނަމަ ހުލާސާ ބަޔާން ދިނުމަށް އިތުރު ފުރުސަތެއް ނުދެއްވާނެ ކަމަށެވެ. އަދި ހުލާސާ ބަޔާން އިއްވުމަށް މީގެ ކުރިން ލިބުނު ފުރުސަތުގައި އާފިޔާ ވަރަށް ކުރުކޮށް އެއްޗެކޭ ބުނެފައިވާ ކަން ފާހަގަކުރެއްވި އެވެ. އަދި މައްސަލަ މާބޮޑަށް ދިގުލާފައިވާ ކަން ފާހަގަކުރެއްވި އެވެ. 

މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ މިމައްސަލައިގައި އާފިޔާގެ ފަރާތުން ހުލާސާ ބަޔާން އިއްވުމަށް ދެން އަޑުއެހުމެއް ބާއްވާނީ މިމަހުގެ 24 ވަނަ ދުވަހު ކަމަށެވެ. އަދި 28 ވަނަ ދުވަހު ހުކުމް ކުރުމަށް އަޑުއެހުން ބާއްވާނެ ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް