ads
ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދް
ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމުގެ ނަތީޖާ ހިތިވާނެ: ކުރީގެ ފޮރިން މިނިސްޓަރު
ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަކީ ލަންކާގައި މުސްލިމުން އިތުރަށް ބިކަވާނެކަމެއަކަމަށާއި އެކަން ރާއްޖޭގެ އިސް ސިޔާސީ ލީޑަރުންނަށް ފަހުމްނުވާތީ ހިތާމަކުރައްވާކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދް ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ޖެހިގެން ސްރީލަންކާގައި މަރުވާ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް ސްރީލަންކާ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި، ރާއްޖޭގައި ސްރީލަންކާގެ މިފަދަ މުސްލިމުންނަށް އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް އެހީތެރިކަން ހޯއްދެވުމަށް އެދިވަޑައިގެން ސްރީލަންކާގެ ރައީސް ގޯތާބަޔަ ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހަށް ސިޓީފުޅެއް ވަނީ ފޮނުއްވާފައެވެ.

އެގޮތުން އިސްލާމީ އުހްއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްސަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ އެ ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ. 

އަދި ސަރުކާރުން އެކަން ލަންކާގެ ރައްޔިތުންނަށް ފަހިކޮށްދިނުމަށް އެ ގައުމުގެ ސަރުކާރާއި ގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ސަރުކާރުގައި ހިމެނިވަޑައިގަންނަވާ ސިޔާސީ އިސް ބޭފުޅުން ވެސް ދަނީ ސަރުކާރުގެ އެ ނިންމުމަށް މަރުހަބާ ވިދާޅުވަމުންނެވެ. 

އެގޮތުން އެކަމަށް މަރުހަބާ ދަންނަވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލްވެސް ވަނީ ޓްވީޓްކުރައްވާފައެވެ. ފައްޔާޒްގެ ޓްވީޓްގައި ބުނެފައިވަނީ ކޮވިޑްގައި ލަންކާގައި މަރުވާ މުސްލިމުން އަންދާލުމުގެ ބަދަލުގައި އިސްލާމީ އުސޫލުތަކާ އެއްގޮތަށް ޖަނާޒާގެ ކަންތައްތައް ހަމަޖައްސައިދިނުމަށް ރާއްޖޭގެ އެހީތެރިކަމަަށް އެދުމުން ޝުކުރު ދަންނަވާފައެވެ. އަދި މިފަދަ ދަނޑިވަޅެއްގައި ރާއްޖެއިން ލަންކާއަށް ދެވެން އޮތް ހުރިހާ އެހީތެރިކަަމެއް ދިނުމަށް ވެސް ރާއްޖެއޮތީ ތައްޔާރަށްކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެެވެ. 

އެކަމަށް ރައްދުދެއްވާ ކުރީގެ ފޮރިން މިނިސްޓަރު އަހްމަދު ޝަހީދް ވިދާޅުވީ ލަންކާ މުސްލިމުން ރާއްޖޭގައި ވަޅުލުމަކީ ކުރިއަށް އޮތްތަނުގައި ލަންކާގައި މުސްލިމުން އިތުރަށް ބިކަވެގެންދާނެ ކަމެއް ކަމަށެވެ. އަދި ހާއްސަކޮށް އެކަމުގެ އަސަރުކޮށްފައިވާ މީހުންގެ މެދުގައި އެއްވެސް މަޝްވަރާއެއް ނުކޮށް ނިންމާމިފަަދަ ނިންމުންތަކުގެ ސަބަބުން ލަންކާގައި މިހާރުވެސް އަނިޔާ ލިބެމުންދާ މުސްލިމުންނަށް އިތުރުތަކުލީފަކަށް އެކަން ވެގެންދާނެކަމަށް ޝަހީދު ވިދާޅުވިއެވެ.

ލަންކާ ސަރުކާރުން ނިންމާފައިވަނީ އެގައުމުގައި ކޮވިޑް-19 ގައި މަރުވާ މީހުން އަންދާލުމަށެވެ. ނަމަވެސް މުސްލިމުން އެގޮތައް އަންދާލުމަކީ އެގައުމުގެ މުސްލިމުން ނުރުހުން ފާޅުކުރަމުން ގެންދާކަމެކެވެ. 

ކޮވިޑް-19 ޖެހިގެން އަވައްޓެރި ސްރީލަންކާގައި މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލުމަށް އެގައުމުގެ ފަރާތުން އެދުނުކަމަށް ބުނެފައިވީނަމަވެސް ކެބިނެޓު ތަރުޖަމާނު އަދި މިނިސްޓަރު ކެހެލިޔަ ރަމްބުކްވެލާއާ ހަވާލާދީ ނިއުސް ސެންޓާއިން މިއަދު ރިޕޯޓުކުރި ގޮތުގައި އެކަމުގައި މައުލޫމާތު ކެބިނެޓަށް ލިބިފައެއް ނުވެ އެވެ.  

އިސްލާމީ އުހްއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ ރައީސްގެ އެ ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ގެންދަވަމުން ގެންދަވާއިރު ސިޔާސީ އިސްވެރިން އަންނަނީ އެކަމަށް މަރުހަބާ ކިޔަމުނެނެވެ.

އެގޮތުން ދިވެހިރާއްޖޭގެ ހަތަރު ޖީލެއްގެ "ލީޑަރުން" ސްރީލަންކާގައި ވަޅުލާފައިވާ ކަމަށާއި، އެހެންކަމުން ކޮވިޑާއި ގުޅިގެން މަރުވާ ލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ. 

8%
ކަމުގޮސްފި
8%
އަޑުއެހިތާ މިހުރީ
83%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް