ads
ބޮލީވިއާގެ ދިދަ:
ބޮލީވިއާ ދިދައިގެ ކުލަތައް ހުރި ހަރުފައެއް ހޯދައިފި
ބޮލީ ވިއާގެ ދިދައިގެ ކުލަތައް ހުރި ހަރުފައެއް ސައިންސު ވެރިންގެ ޓީމަކުން ހޯދައިފިއެވެ.

މި ހަރުފަ ހޯދާފައިވަނީ ވެސް ބޮލީވިއާއިންނެވެ. 

ބޮލީވިއާއަކީ ދެކުނު އެމެރިކާ ބައްރުގައި އޮންނަ ގައުމެކެވެ.

ބޮލީވިއާގެ "ސްކައި އައިލެންޑްސް" އިން މީގެ ކުރިން ފެނިފައި ނުވާ 20 ވައްތަރެއްގެ ދިރޭ ތަކެތި ހޯދައިފައިވާކަން އެ ސަރަހައްދަށް ދިޔަ ސައިންސް ވެރިންގެ ޓީމަކުން ހާމަކުރިއެވެ. 

އަލަށް ހޯދި ވިހަގަދަ ހަރުފައަކީ "ހީޓް-ސެންސިންގް ޕިޓް"ގެ އެހީގައި ޝިކާރަ ކުރާ ހަރުފައެއް ކަމަށް މި ދިރާސާ ދަތުރުގެ ބައިވެރިންގެ ހޯދުންތަކުން ހާމަވެފައިވެއެވެ. 

" "ބޮލިވިއަން ފްލެގް" ހަރުފައަކީ ބޮލީވިއާގެ ދިދައިގެ ކުލަތައް ހިމެނޭ ހަރުފައެކެވެ. މި ހަރުފަ ފެނިފައިވަނީ އެންޑްޑެސް މައުންޓަންގައި ހެދިފައިވާ ޖަންގަލިން" - ދިރާސާގެ ބައިވެރިން -

your image"ބޮލީވިއަން ފްލެގް" ސްނޭކް

މި ތަކެތި ހޯދާފައިވަނީ ބޮލީވިއާގެ އެންޑެސް މައުންޓަނަށް ދިރާސާ ދަތުރަކު ދިޔަ އެމެރިކާގެ އެންޖީއޯއެއް ކަމަށްވާ ކޮންސަވޭޝަން އިންޓަނޭޝަނަލް އިން ދަ ޒޮންގޯ ވެލީގެ ބަޔަކުންނެވެ. 

އެގޮތުން މި ދިރާސާ ދަތުރުގައި ޖުމުލަ 1204 ސްޕީޝީސްއެއް ހޯދާފައިވާ ކަމަށް ޑެއިލީ މެއިލުން ބުނެއެވެ. އަދި މީގެ ތެރޭ މުޅިން އަލަށް 20 ބާވަތެއް ފެނިފައިވާ ކަމަށް ޑެއިލީ މެއިލުން ބުނެއެވެ.

މި ދިރާސާ ދަތުރުގައި ހޯދި ތަކެތީގެ ތެރޭގައި މީގެ ކުރިން ފެނިފައި ނުވާ ވަރުގެ ކުޑަ ބޮކެއް، ވިހަ ގަދަ ހަރުފައެއް، "ބޮލީވިއަން ފްލެގް ސްނޭކް"، ހަތަރު އޯކިޑް، ހަތަރު ކޮކާ ފެނިފައިވެއެވެ.

އެގޮތުން އެ ސަރަހައްދުން އަލަށް ފެނިފައިވާ ކުޑަ ބޮކަކީ 10 މިލިމީޓަރު ހުންނަ ބޮކެކެވެ. މިއީ ދުނިޔެއިންވެސް މިހާތަނަށް ފެނިފައިވާ އެންމެ ކުޑަ ބޮކެވެ. އަދި މީގެ ކުރިން ދުނިޔެއިން ނެތިފައިވާ ކަމަށް ބެލެވިފައިވާ "ޑެވިލް-އައިޑް ފްރޮގް" ވެސް އެ ސަރަހައްދުން ފެނިފައިވާ ކަމަށް މި ދަތުރުގެ ބައިވެރިން ބުންޏެވެ.

މީގެ އިތުރުން އަލަށް ހޯދި ހަތަރު ކޮކާގެ ތެރެއިން ދެ ކޮކާލަކީ މެޓަލް މާކް ބާވަތުގެ ދެ ކޮކާލެވެ. އަދި މިފަދަ ކޮކާލަކީ ހާމަކޮށް ހުންނަ ތަންތަނާއި ޖަންޖަލިތަކުގައި އުފެދޭ މާމެލާމެލިން ފޮނި ބޮއެ ހަދާ ކޮކާލެވެ. އަދި ދެން ފެނުނު ދެ ކޮކާލަކީ ދިރާސާ ދަތުރުގެ ބައިވެރިންނަށް ހިފުނު ދެ ކޮކަލެވެ.

your imageއަލަށް ހޯދާފައިވާ ހަތަރު ބާވަތެއްގެ ދިރޭ ތަކެތި ---

މި ދިރާސާ ދަތުރުގެ ބައިވެރިން ހޯދި ހަތަރު އޯކިޑްގެ ތެރޭގައި އެޑާސް މައުތް އޯކިޑްގެ ބާވަތެއް ކަމަށްވާ ސޫތްޕެއްގެ ފާޑުޖަހާ މަލެއް ހިމެނެއެވެ. އަދި "މޮޔޯޒެންތަސް" ބާވަތުގެ މަލަކާއި ކަޕް އޯކިޑު ބާވަތުގެ މަލެއް ހޯދާފައިވެއެވެ.

މީގެ އިތުރުން އައު ބާވަތެއްގެ އޮނު ފެނިފައިވާ ކަމަށް މި ދިރާސާގެ ބައިވެރިންބުނެފައިވެއެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް