ads
ފަތުރުވެރިން:--
ޕެސިފިކް އޭޝިއާގެ "ބެސްޓް އައިލެންޑް ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް
ރާއްޖެއަށް ޕެސިފިކް އޭޝިއާ ސަރަހައްދުގެ "ބެސްޓް އައިލެންޑް ޑެސްޓިނޭޝަން" އެވޯޑް ލިބިއްޖެ އެވެ.

ޓްރެވަލް ވީކްލީ އޭޝިއާ ރީޑާސް ޗޮއިސް އެވޯޑްސް 2020 ގައި ޕެސިފިކް އޭޝިއާ ސަރަހައްދުގެ "ބެސްޓް އައިލެންޑް އެވޯޑް" ރާއްޖެއަށް ވަނީ ލިބިފައި ވަނީ މި މަހުގެ 11 ގައި ކުރިއަށް ގެންދިޔަ ހަފްލާއެއްގައި ކަމަށްވާ އިރު، އެ ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ.

ކޮވިޑް-19 ގެ ދަތިތަކުން އަރައިގަތުމުގެ މަސައްކަތްތައް ކުރަމުންދާ މިފަދަ ދަނޑިވަޅެއްގައި މި އެވޯޑް ލިބުމުން ރާއްޖެއަކީ ފަތުރުވެރިންގެ މެދުގައި މަގްބޫލު މަންޒިލެއްގެ ގޮތުގައި ހާމަވާކަމަށް އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު ތައްޔިބް މުހައްމަދު ވަނީ ވިދާޅުވެފަ އެވެ.

ޓްރެވަލް ވީކްލީ ރީޑާސް ޗޮއިސް އެވޯޑަކީ ޕެސިފިކް އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން ދެމުން އަންނަ އެވޯޑެއް ކަމަށްވާ އިރު، އަހަރަކު އެއްފަހަރުދޭ މި އެވޯޑްގެ ސަބަބުން ކުރިއަރަމުން އަންނަ ފަތުރުވެރިންގެ މަންޒިލްތަކާއި، ފަތުރުވެރިންގެ މެދުގައި މަގުބޫލު މަންޒިލްތައް ކަނޑައެޅިގެން ދެއެވެ.

މިއަހަރަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ކާމިޔާބު އަހަރެކެވެ. މިއަހަރު ރާއްޖެއަށް ވަނީ ފަތުރުވެރިކަމުގެ އެންމެ ޝަރަފުވެރި އެވޯޑް ކަމަށްވާ "ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން" އެވޯޑް ފުރަތަމަ ފަހަރަށް ލިބިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް