ads
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އދ.ގެ ސްޕެޝަލް ރެޕަޓުއަ ޕްރޮފެސަ ނިލްސް މެލްޒާ ބައްދަލުކުރައްވަނީ-- ފޮޓޯ: މަޖިލިސް
ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމާ މެދު އދ.ގެ ރެޕަޓުއާ މަޝްވަރާ ކުރައްވައިފި
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ އުސޫލުތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އދ.ގެ ސްޕެޝަލް ރެޕަޓުއަ ޕްރޮފެސަ ނިލްސް މެލްޒާ ހިޔާލު ބަދަލު ކުރައްވައިފި އެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، އިންސާނީ ހައްގުތައް ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ އުސޫލުތައް ތަންފީޒު ކުރުމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި އދ.ގެ ސްޕެޝަލް ރެޕަޓުއަ ޕްރޮފެސަ ނިލްސް މެލްޒާ ހިޔާލު ބަދަލު ކުރައްވައިފި އެވެ.

އދ. ގެ ސްޕެޝަލް ރެޕަޓުއަ އޮން ޓޯޗާ އެންޑް އަދާ ކްރުއަލް، އިންހިއުމަން އޯ ޑީގްރޭޑިން ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް ޕްރޮފެސަ ނިލްސް މެލްޒާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުއާ ބައްދަލުކުރެއްވީ މިއަދު މަޖިލިސް ކުރާ ގޭގަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ރާއްޖެއިން އަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފަ އެވެ.

އަދި، ލާއިންސާނީ އަމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ރާއްޖެއިން ބޮޑު ސަމާލުކަމެއް ދެއްވާ ކަމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ފާހަގަކުރެއްވި އެވެ.

އޭގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، އދ. ގެ އެކިއެކި ގުނަވަންތަކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރު އަދާ ކުރެއްވި އެވެ.

އެ ބައްދަލުވުމުގައި، އދ. ގެ ސްޕެޝަލް ރެޕަޓުއަ ޕްރޮފެސަ ނިލްސް މެލްޒާ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ހިއްސާކުރެއްވި އެވެ.

އަދި، ލާއިންސާނީ އަނިޔާވެރި އަމަލުތައް ހުއްޓުވުމަށްޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމުގައި ދިމާވާ ގޮންޖެހުންތަކާ މެދު ވެސް މަޝްވަރާކުރެއްވި އެވެ.

އެ ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ ޢަބްދުﷲ އާއި އަމީން އާއްމު ފާތިމަތު ނިޔުޝާ އާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް