ads
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން-- ފޮޓޯ: އީސީ
އިންތިހާބަށް ކަނޑައެޅި ފައިސާއިން 19 މިލިއަންވަނީ އުނިކޮށްފަ: އީސީ
މިއަހަރުގެ ލޯކަލް އިންތިހާބަށް އިލެކްޝަން ކޮމިޝަނުން ކަނޑައަޅަފައިވާ 71 މިލިއަން ބަޖެޓްގެ ތެރެއިން 19 މިލިއަން ފިނޭސް މިނިސްޓްރީން އުނިކޮށްފައިވާކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީީފް ވިދާޅުވެއްޖެއެވެ.

ލޯކަލް އިންތިހާބު ކޮވިޑް-19 އާއި ގުޅިގެން އެއް އަހަރު ދުވަހަށް ލަސްކުރެވިފައި އޮތުމަށްފަހު އިންތިހާބު ބާއްވަން މިހާރު ނިންމާފައިވަނީ 2021 ވަނަ އަހަރުގެ މާޗު ހަ ވަނަ ދުވަހުއެވެ. 

އިންތިހާބަށް ވަމުންދާ ތައްޔާރީތައް ހިއްސާކުރަށްވަމުން ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި އަހުމަދު ޝަރީީފް ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި ދިމާވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ އިންތިހާބަށް އެ ކޮމިޝަނުން ކަނޑައަޅާފައިވާ ބަޖެޓުން 19 މިލިއަން ފިނޭސް މިނިސްޓްރީން އުނިކޮށްފައިވާތީ ދިމާވާނެ މައްސަލަތައް ކަަމަށެވެ.

ޝަރީފް ވިދަޅުވީ، 20 ވަނައަހަރު ބޭއްވުމަށް ތައްޔާރުވަމުންދިޔަ ލޯކަލް އިންތިހާބުގައި ފުރަތަމަ ބެޖެޓްކޮށްފައިވާނީ 56،288000 (ފަންސާސް ހަ މިލިއަން، ދެލައްކަ އަށްޑިހަ އަށްހާސް) ރުފިޔާކަމަށާއި އެޔަށްފަހު ލޯކަލް ކައުންސިލްގެ ގާނޫނަށް އާ ބޮޑު ބަދަލަކާއި ގުޅިގެން އިތުރު 21،669000 (އެކާވީސް މިލިއަން ހަލައްކަ ފަސްދޮޅަސް ނުވަހާސް) ބަޖެޓަށް އިތުރުކުރިކަމަށެވެ. އެހެންކަމުން ޖުމުލަ 77،957000 (ހަތްދިހަ ހަތް މިލިއަން ނުވަލައްކަ ފަންސާސް ހަތްހާސް) ރުފިޔާ އޭރު ލަސްކުރި އިންތިހާބުގެ ބަޖެޓަށް ކަނޑައެޅި ކަމަށް ޝަރީފް ވިދާޅުވިއެވެ.

އެ ފައިސާއިން އިންތިހާބަށް ތައްޔާރު ވުމަށްޓަކައި 18،973000( އަށާރަ މިލިއަން ނުވަަލައްކަ ހަތްދިހަ ތިން ހާސް) ހަރަދު ކުރިއިރު އޭގެ ދެބައިކުޅަ އެއްބައި ހަރަދަކީ ޑްބްލިކޭޓް ނުވާނެ ހަރަދުކަމަށް ޝަރީފް ވިދާލުވިއެވެ. އަދި  އަނެއް ދެބައިކުޅަ އެއްބައި ހަރަދަކީ ސްޓާފުންނަށް އުޖޫރައިގެ ގޮތުން ދިން އެއްޗެއް ކަމަށްވާނަމަސްޓާފުން މިހާރު ރެކްރޫޓްކުރުމާއިއެކު އެ ފައިސާ ޑްބްލިކެޓް ވެގެންދާނެކަމަށް ޝަރީފް ވިދާޅުވިއެވެ.

އެހެންނަމަވެސް އިންތިހާބު ލަސްކޮށް ފަހުން މާޗް މަހުގެ އިންތިހާބަށް ބަޖެޓް ކުރިއިރު އިސީން ވަނީ 71 މިލިއަން ބަޖެޓް ކޮށްފައެވެ. 

އެވަރު ބަޖެޓްކޮށްފައިވަނީ ބައެއް އެއްޗެހި އީސީން ގަނެފައި ހުރުމާއިއެކު އެއެއްޗެހި ދެވަނަ ފަހަރަށް ގަންނަން ނުޖެހޭނެތީކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދަޅުވީ އެހެންނަމަވެސް އިންތިހާބުގެ ބަޖެޓް ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލީހަށް ފޮނުވިއިރު އިލެކްޝަން ކޮމިޝަނުން ޕްރޮޖެކްޓްކުރި ބަޖެޓުން 19 މިލިައަން ކަނޑާލާފަވާކަމަށް ޝަރީފް ވިދާޅުވިއެވެ.

"ވަރަށް ހިތާމައާއެކު ދަނަނަވަންޖެހޭ ކަނޑާލީ ކޮންފައިސާއަކުން ކަމެއް، ކޮން ކޯޑަކުން، ކޮން ހަރަދުތަކެއް އުނިކޮށްފަ ކަމެއް ނޭގި ފައިނޭސް މިނިސްޓްރީން 19،860000 (ނަވާރަ މިލިއަން އަށްލައްކަ ފަސްދޮޅަސް ހާސް) ރުފިޔާ އަޅުގަނޑުމެން ޕްރޮޖެކްޓްކުރި ބަޖެޓުން ކަނޑާލާފަ ރައްޔިތުންގެ މަޖިލީހަށް ފޮނުވާފަ ވަނީ. ދެން ބަޖެޓް ކޮމެޓީއާއިއެކީވެސް މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުނު އެހެންނަމަވެސް އެއަށް ރިއާޔަތްނުކުރެވި. އަޅުގަނޑުމެންނަށް މިހާރު ދެވިފައިވާ ބަޖެޓަކީ، 5،176000 (ފަންސާސް އެއްމިލިއަން އެއްލައްކަ ހަތްދިހަ ހަހާސް) ރުފިޔާ" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުގެ ހަރަދުކުޑަކުރުމަށްޓަކައި ކުޑަކުރެވިދާނެ ހަރަދުތައް އެބަހުރިކަމަށެވެ. އެގޮތުން ބައިނަލް އަގްވާމީ އޮބްޒާވަރުނަށް ތިން މިލިއަަން ހަރަދުވާނެ ކަމަށް ބަޖެޓްގައި ހިމަނާފައިބައި އުނިކުރެވިދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި 71 އެއްމިލިއަންއަކީ ބަޖެޓްކުރިކަމުގައިވީނަމަވެސް ހަރަދު ވާނެ މިންވަރު ނޫނަކަމަށް ޝަރީފް ވިދާޅުވިއެވެ.

" އެކަމަކު އިންތިހާބުގައި ބަޖެޓެއް ކުރާއިރުގަ އިންތިހާބުގައި ކަމެއް ދިމަވެދާނެކަމަށްވެސް ބަޖެޓް ކޮށްފަ އޮންނަންޖެހޭ. އެކަމަކު އެކަށީގެންވޭ ދިމާނުވުންވެސް. މިސާލަކަށް ރަށެއްގައި ވޯޓު ކަރުދާސް ހުސްވެގެން ކުއްލިއަަކަށް ކަރުދާސްކޮޅެއް ގެންދަންޖެހުނީ އެހެންވެއްޖެެއްޔާމު އެ ހަރަދު އަޅުގަނޑުމެން ހިމަނާނެ އަދި ހަމައެޔާއިއެކު މިފަހަރު ބަޖެޓްތެރޭގައި އިންނާނެ ދެވަނަ ބުރުގަ ވޭތުވެދިޔަ ދުވަސްތަކުގެ ތަޖުރިބާގެ އަލީގައި ދެވަނަ ބުރު ބާއްވަންޖެހޭ އަދަދުތައް. އެ އަދަދުތަކަކީ ފަހަރެއްގައި އެންމެ އެކިޔުރޭޓް އަދަދުތަކަކަށް ނުވެދާނެ. އެކަމް ބަޖެޓް ކުރަން ޖެހޭނެ"ޝަރީފް ވިދާޅުވިއެވެ.

ބަޖެތް ކުރަން ޖެހޭ ސަބަބު ބަޔާންކުރަމުން ޝަރީފް ވިދާޅުވީ އެއަދަދު ބަޖެޓް ނުކޮށް އޮވެއްޖެނަމަ ފައިސާއެއް ނުލިބޭނެ ކަމަށެވެ. އެހެންކަމުން ބަޖެޓްތެރެއިން އެ ކޮމިޝަނުން ބަޖެޓް ކޮށްފަ އޮތް 19 މިލިއަން އުނިކޮށްފަ އޮތުން އެއީ މިފަހަރުގެ އިންތިހާބުގައި ދިމާވާނެ ބޮޑު ގޮންޖެހުމެއް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އެކަމަށް ހައްލުހޯދުމަށް ފިނޭސް މިނިސްޓްރީއާއިއެކު މަޝްވަރާ ބައްދަލުވުމަކަށް ހޯމަ ދުވަހު ދައުވަތު ދީފައިއޮތް ނަމަވަެސް ނަމަވެސް އެބައްދަލުވުން ބޭއްވިފައި ނުވާކަަމަށެވެ. އަދި މިހާރު އިލެކްޝަން ކޮމިޝަނުގެ ފަރާތުން ފިނޭސް މިނިސްޓްރީއަށާއި ރައްޔިތުންގެ މަޖިލީހުގެ އިތުރުން ރައީސް ސޯލަހަށް ވެސް އެ މައްސަލަ ހުށަހަޅާފަވާ ކަމަށް  ޝަރީފް ވިދާޅުވިއެެވެ. 

އެހެންނަމަވެސް އިލެކްޝަން ކޮމިޝަނަށް ރިޔާސީ އިންތިހާބުގައި ބޭނުންވާ ވަސީީލަތްތަކާއި އެއްބާރުލުން ސަރުކާރުގެ ފަރާތުން ދެއްވާނެކަމުގެ ޔަގީންކަން ދެއްވާފައިވާތީ އެކަމަކީ "އެހާ ބޮޑަށް" ކަންބޮޑުވާ ކަމެއް ނޫންކަމަށާއި "އިންތިހާބު ނުބުއްވާނަމޭ ބުނާ ލެވަލްއަކަށް ދާކަށް" ދަންނަވާ ވާހަކައެއްވެސް ނޫންކަމަށް ޝަރީފް ވިދާޅުވިއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް