ads
ވެލާނާގެ: -
ސިވިލް ސާވިސް ވަޒީފާތަކަަށް އިއުލާނު ކުރުން މެދުކަނޑާލަނީ
ސިވިލް ސާވިސް ވަޒީފާ ތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގައި އަމަލުކުރަމުން އައި އުސޫލު އިސްލާހުކޮށް، ސިވިލް ސާވިސް ކޮމިޝަނުން އާންމު ކުރި ގޮތުގައި މި އުސޫލު އާންމު ކުރުމަށްފަހު، މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިމަހުގެ 31 ގެ ނިޔަލަށް ވަޒީފާތަކަށް އިއުލާނު ކުރުން ހުއްޓާލަން ނިންމައިފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން އާންމު ކުރި ގޮތުގައި މި އުސޫލު އާންމު ކުރުމަށްފަހު، އަންނަ ހަފްތާގެ ބުދަ ދުވަހުން ފެށިގެން މިމަހުގެ 31ގެ ނިޔަލަށް ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނު ކުރުން ހުއްޓާލަން ޖެހޭނެއެވެ.

ދެން ސިވިލް ސާވިސްގެ ވަޒީފާތަކަށް އިއުލާނު ކުރާނީ "ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021" މި އުސޫލުގެ ދަށުން އަންނަ ޖެނުއަރީމަހު އެއްވަނަ ދުވަހުން ފެށިގެން ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ.

މީގެ އިތުރުން އަންނަ ބުދަ ދުވަހަށްވާ މިމަހު 23 ވަނަ ދުވަހުގެ ނިޔަލަށް ސިވިލް ސާވިސްގެ ވަޒީފާތަކަށް ކޮށްފައިވާ އިއުލާނުތަކަށް މީހުން އައްޔަން ކުރާނީ "ސިވިލް ސާވިސް ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2018" އާ އެއްގޮތަށް ކަމަށް އެ ކޮމިޝަނުން ބުނެއެވެ.

ސިވިލްސާވިސް ވަޒީފާ ތަކަށް މީހުން ހޯދުމާއި އައްޔަން ކުރުމުގައި ދިމާވާ ދަތިިތައް ހައްލުކޮށް، ވަޒީފާއަށް މީހުން އައްޔަން ކުރުމުގެ މަރުހަލާތައް ތަފްސީލު ކުރުމުގެ ގޮތުން ހަތަރު އުސޫލެއް އިސްލާހުކޮށްފައިވެއެެވެ.

  • ސިވިލް ސާވިސްގެ އިދާރީ އަދި ފަންނީ މަގާމުތަކުގެ އަސާސީ ޝަރުތު (ހަތްވަނަ އިސްލާހު)
  • ސިވިލް ސާވިސްގެ މަގާމުތަކުގެ ތައުލީމީ ރޮނގު އަދި މަސައްކަތުގެ ދާއިރާ ކަނޑައަޅާނެ ގޮތުގެ އުސޫލު
  • ސިވިލް ސާވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަން ކުރުމުގެ މިންގަނޑުތަކާއި އުސޫލުތައް 2021
  • ސިވިލް ސާވިސްގެ ވަޒީފާތަކަށް އެސެސްމަންޓް ތައްޔާރުކުރާނެގޮތުގެ ގައިޑްލައިން 

ސިވިލް ސާވިސް ކޮމިޝަނުން ވަނީ ސިވިލް ސާވިސްގެ އިދާރާތަކުގެ މުވައްޒަފުން ސާކިއުލާގައި އާންމުކޮށްފައިވާ އުސޫލުތަކާއި، މިންގަނޑުތަކާއި، ގައިޑުލައިނުތަކަށް ފުރިހަމައަށް އަހުލުވެރިވެ، މި އުސޫލުތަކާއި، މިންގަނޑުތަކާއި، ގައިޑުލައިނުތައް މުވައްޒަފުންނަށް އޮޅުންފިލުވައިދިނުމަށާއި، މުވައްޒަފުން އަހުލުވެރިކުރުވުމުގެ ގޮތުން ސިވިލް ސާވިސް ޓްރެއިނިންގް އިންސްޓިޓިއުޓުން ހިންގާ ތަމްރީނުތަކުގައި ބައިވެރިވެ، އެއާ އެއްގޮތަށް އަމަލު ކުރުމަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
67%
ވަރަށް ސަލާމް
ކޮމެންޓްސް