ads
އިގެރޭސި ވިލާތް
އިނގިރޭސި ވިލާތުގައި ކޮވިޑް 19 ގެ އައު ބާވަތެއް ފެތުރެނީ
އިނގިރޭސިވިލާތުގެ ދެކުނުގެ ސަރަޙައްދުތަކުގައި ހަލުވިކަމާއިއެކު ފެތުރެމުންދާ ކޮވިޑް 19 ޖައްސާ ވައިރަހުގައި އާންމުކޮށް ފެންނަ ވައިރަހާއި ތަފާތު ކަމަށް އެ ޤައުމުގެ ސައިންސްވެރިން ބުނެފިއެވެ.

އެގައުމުގެ އާންމު ސިއްހަތާ ބެހޭ އިދާރާއިން މުނެފައިވަނީ އެ ވައިރަހުން ބަލިޖެހިފައިވާ 1،108 މީހުން އިގިރޭސިވިލާތުގެ ދެކުނާއި ހުޅަނގުގެ އެކި ސަރަހައްދުން ފެނިފައިވާ ކަމަށެވެ.

"އެ ސަރަޙައްދުތަކުގައި ފެތުރެމުންދާ ވައިރަހުން ފާހަގަވެފައިވާ ބައެއް ބަދަލުތަކުގެ ތެރޭގައި ކޯވިޑް ވައިރަހުގެ އެންމެ މައިގަނޑު ސިފަކަމުގައިވާ އޭގެ ބޭރު ފަށަލައިގައިވާ ޕްރޮޓީން ކަށިތަކަށް ކޮންމެވެސް ވަރަކަށް ބަދަލު ވަނީ އައިސްފަ،" - ސައިންސްވެރިން -

މިބަދަލުގެ ސަބަބުން އިންސާނުންނަށް ބަލިޖެހޭ މިންވަރު އިތުރުވެ ގައިންގަޔަށް ބަލި އަރައި މިންވަރު އިތުރު ވެދާނެކަމަށް ވެސް އެ ޓީމުން ބުނެއެވެ.  ނަމަވެސް ދެކުނު ސަރަހައްދުތަކުގައި ބަލި ފެތުރޭ މިންވަރު ކުއްލިއަކަށް އިތުރުވެފައިވަނީ ވައިރަހަށް އައި ބަދަލު ސަބަބުން ކަމަށް އަދި އެނގިފައި ނެތްކަމަށް އެ ޓީމުން ބުނެއެވެ. 

ކޯވިޑް ޖެނޯމިކްސް ޔޫކޭ ކޮންސޯޓިއަމްގެ ސައިންސްވެރިން ނެރުނު ބަޔާނެއްގައި ބުނެވައިވަނީ ބަލި ފެތުރޭ މިންވަރު އިތުރުވެފައިވުމާއި ވައިރަހުގެ ސިފައަށް އައިސްފައިވާ ބަދަލާއިމެދު އެއްވެސް ގުޅުމެއް ވޭތޯ ޔަޤީންކުރުމުގެ މަސައްކަތް  ކުރިއަށްދާކަމަށެވެ. 

ވައިރަހަށް ބަދަލު އައުމުގެ ސަބަބުން ބަލިޖެހޭ މީހުންގެ ހާލަތު އިތުރަށް ގޯސްވާކަމުގެ އެއްވެސް ހެއްކެއްވެސް މިހާތަނަށް ލިބިފައިނުވާކަމަށާއި ބައްޔާއި ދެކޮޅަށް ތައްޔާރުކޮށްފައިވާ ވެކްސިންތަކުގެ އަސަރު ވައިރަހުގެ އެ ބާވަތަށް ނުކުރާނެކަމުގެ ހެއްކެއް ވެސް މިހާތަނަށް ފެނިފައެއް ނުވާކަމަވެސް ޔޫކޭ ކޮންސޯޓިއަމުންވަނީ ބުނެފައެވެ.

އިނގިރޭސިވިލާތުގައި މިހާތަނަށް 1.8 މިލިއަން މީހުންނަށް ކޯވިޑް ޖެހި 65،000 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައިވާއިރު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް އެ ޤައުމުގައި 18،450 މީހުންނަށް ބަލިޖެހި، 506 މީހުންވަނީ މަރުވެފައެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް