 
                                                                                                
                    ކަރީނާ އެކަން ހާމަކުރީ އޭނާގެ ރޭޑިއޯ ޝޯގަ އެވެ. ވަރުންނާއި ނަތާޝާ މިއަހަރުގެ ކުރީކޮޅު ކައިވެނިކުރަން އުޅޭކަމުގެ އަޑުތައް އެރި އެވެ. އެކަމަކު ކޮވިޑާއެކު ކައިވެނި ފަސްކުރި ކަމުގެ އަޑުތައް ވެސް އެރި އެވެ.
ނަތާޝާ އާއި ވަރުންނަކީ ކުޑައިރުގެ ގާތް ދެ ރަހުމަތްތެރިން ވެސް މެއެވެ. އެ ދެމީހުން އަތުގުޅުވާލައިގެން އެތައް ފަހަރަކު އާއްމުންގެ ތެރެއަށް ނިކުމެފައިވާއިރު އެދެމީހުން ވަނީ ބޮލީވުޑުގެ ޕާޓީތަކާއި ޗުއްޓީ ދަތުރުތަކަށް ވެސް އެކުގައި ގޮސްފައެވެ.
"މެއިން ތޭރާ ހީރޯ" އާއި "ދިލްވާލޭ" ފަދަ ކާމިޔާބު ފިލްމުތަކުގައި މަސައްކަތްކޮށްފައިވާ ވަރުން އެންމެ ފަހުން ފެނިފައިވަނީ "ކަލަންކް" އިންނެވެ. އެފިލްމަށް އެހާ ބޮޑު ކާމިޔާބެއް ލިބިފައި ނުވާއިރު ވަރުން ދެން އެންމެ އަވަހަށް ފެނިގެންދާނީ "ސްޓްރީޓް ޑާންސާ" އިންނެވެ.