ads
ވަރުން ދާވަން އަދި އޭނަގެ ލޯބިވެރިޔާ ނަތާށާ ދަލާލް——-
ވަރުންގެ ލޯބިވެރިޔާ ނަތާށާ ވަރުންނަށް އެތަށް ފަހަރަކު ނޯޖެހި
މަޝްހޫރް ބޮލީވުޑް ތަރި ވަރުން ދާވަން އާއި އޭނަގެ ލޯބިވެރިޔާ ނަތާށާ ދަލާލް އަކީ ވަރުންގެ ސުކޫލް ދައުރުގެ ލޯތްބެވެ.
Advertisement

ވަރުން ބުނީ އޭނަ އެންމެ ފުރަތަމަ ނަތާށާ އާއި ގަޔާވާންފެށީ ގްރޭޑް ހައެއްގައި ކިޔަވަމުން ދަނިކޮށް ކަމަށެވެ. އަދި އޭރުންސުރެ ނަތާށާ ދެކެ އޭނަ ލޯބިވާ ކަމަށް ވަރުން ބުންޏެވެ. 

އޭގެ ފަހުންވެސް ދިމާވެ އެތައް ފަހަރަކު ނަތާށާ ކައިރީ ރައްޓެހިވާންވެސް އެހިކަމަށާއި އެހެންނަމަވެސް ކޮންމެ ފަހަރަކުވެސް ޖަހަނީ “ނޯ” ކަމަށް ވަރުން ކިޔައިދިނެވެ. 

ވަރުން ބުނީ އެހެންނަމަވެސް އޭނަ އަށް ނަތާށާ ކާމިޔާބުކުރެވުނީ އެތަށްފަހަރަކު ނާކާމިޔާބު ވުމުންވެސް ހިތްވަރު ދޫނުކޮށް ކުރި މަސައްކަތުން ކަމަށެވެ. 

މިފަހުން ވަނީ އޭނަ އާއި ނަތާށާގެ ކާވެނީގެ ވާހަކަތަކެއްވެސް ދެކެވިފައެވެ. އެހެންނަމަވެސް ކޮވިޑް ގެ ކަންތަކާއި ގުޅިގެން އެކަން ލަސްވީ ކަމަށް އަޑު ފެތުރިފައިވެއެވެ. 

ނަތާށާއަކީ އެކްޓްރެސް އެއް ނޫން ނަމަވެސް ވަރުން އާއި ނަތާށާއަކީ ބޮލީވުޑް ކަޕްލް ތެރެއިން އެންމެ ގިނަ ބައެއްގެ ލޯބިލިބިފައިވާ އެއް ކަޕްލްއެވެ.

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް