ads
ހުޅުމާލެ------ ފޮޓޯ:ޓްރެވަލް ލޮގް
ހުޅުމާލެ ސާފުކުރަން މައި ކޮލެޖުން ނުކުންނަނީ
ހުޅުމާލެ ސާފުކުރުމުގެ ޕްރޮގްރާމެއް މިއަދު ބާއްވަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ނިންމާފައެވެ. އެގޮތުން އެކި މުވައްސަސާތަކާއި ގުޅިގެން ކުނި ގިނަވެފައިވާ ސަރަހައްދުތައް ސާފުކުރުމަށް ބާއްވާ އެ ޕްރޮގްރާމްގައި މައިކޮލެޖްވެސް ހިއްސާވާނެއެވެ.

އެޗްޑީސީއާއި ގުޅިގެން މައިކޮލެޖް ގެ ހުޅުމާލެ ކެމްޕަސްއިން އިންތިޒާމްކޮށްގެން "ސާފު ހުޅުމާލެ" ނަމުގައި މިއަދު ބާއްވާ ހަރަކާތުގައި މައި ކޮލެޖްގެ ދަރިވަރުންން ބައިވެރިވާނެ ކަމަށް އެ ކޮލެޖުން މައުލޫމާތު ދެއެވެ. 

އެ ޕްރޮގްރާމްގައި މައިކޮލެޖްގެ ދަރިވަރުންނާއި އެޗްޑީސީގެ މުވައްޒަފުންގެ އިތުރުން ހުޅުމާލެގައި ހަރަކާތްތެރިވަމުންދާ ސަރުކާރުގެ ގިނަ މުއައްސަސާތަކާއި، އެންޖީއޯތައް އަދި ކުންފުނިތަށް ބައިވެރިވުމަށް ހަމަޖެހިފައިވާ އިރު، އެ ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް 15 މީހުންގެ ގްރޫޕްތަކަށް ބަހާލައިގެންނެވެ.

އެ ޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ މިއަދު ހަވީރު 4:00 ގައި ހުޅުމާލޭ ރުއްގަނޑު 1 ސަރަހައްދުންނެވެ. ހަވީރު ހަތަރަކުން ހަޔަކަށް އެ ޕްރޮގްރާމް ކުރިއަށްދާ އިރު، ހުޅުމާލޭގައި އާންމުކޮށް ކުނި ގިނަވާ 40 ސަރަހައްދެއް ސާފުކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އެ ޕްރޮގްރާމް ކޮންމެ އަހަރަކުވެސް ބޭއްވުމަށް ހަމަޖެހިފައިވާ އިރު އެ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގެ އެކި ސަރަހައްދުތައް ސާފުކޮށް، ހުޅުމާލެއަކީ ސާފު ތަނަކަށް ހެދުމަށް އިތުރު ހަރަކާތްތަކެއް ބާއްވާ އާންމުން ހޭލުންތެރިކުރުވަން ރޭވިފައިވެއެވެ. އެދި ހުޅުމާލޭގެ އެންމެހާ ރައްޔިތުންނަށް އެ ހަރަކާތުގައި ބައިވެރިވުމަށް ވަނީ ދައުވަތު އަރުވާފައެވެ. 

"ސާފު ހުޅުމާލެ" ނަމުގައި ބާއްވާ އެ ޕްރޮގްރާމް ބޭއްވުމުގެ މަގްސަދަކީ ތިމާވެށި ސާފުކޮށް ބޭއްވުމަށް ބާރުއަޅައި، ހުޅުމާލޭގައި ކުނި ގިނަވެފައިވާ ސަރަހައްދުތައް ދެނެގަނެ އެ ތަންތަން ސާފުކުރުމުގެ އިތުރުން، ރައްޔިތުންގެ މެދުގައި ތިމާވެށި ސާފުކުރުމުގެ ލޯބި އާލާކުރުމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް