ads
އަބީޝޭކް (ކ) އަދި ޖޯން--
އަބީޝޭކް ބޭނުން ވަނީ ޖޯން ކަހަލަ ހަށިގަނޑެއް
ބޮލީވުޑުގެ އެކްޓަރު ޖޯން އަބްރަހަމް މި ވަނީ އޭނާ ޖިމުގައި ކަސްރަތު ކުރާ މަންޒަރު ފެންނަ ފޮޓޯއެއް އާއްމުކޮށްފަ އެވެ. ފޭނުންގެ އިތުރުން އެހެން އެކްޓަރުންގެ ސަމާލުކަން ވެސް އެ ފޮޓޯއަށް ވަނީ ލިބިފަ އެވެ.

ޑިސެމްބަރު 17 ވަނަ ދުވަހު އުފަން ދުވަސް ފާހަގަކުރި ޖޯން އާއްމުކުރި އެ ފޮޓޯއިން ފެންނަނީ ކަސްރަތުގައި އުޅޭ ތަނެވެ. ހުސް ގަޔާ ހުރި އެ ފޮޓޯއިން ޖޯންގެ ހަށިގަނޑު ޓޯންވެފައިވާ ގޮތް ފެނެ އެވެ. 

އެ ފޮޓޯ ހިއްސާ ކުރުމަށް ފަހު ކެޕްޝަނުގައި ޖޯން ލިޔެފައި ވަނީ ހެނދުނު ހޭލީ އެގޮތަށް ކަމަށެވެ. އޭގެ އިތުރުން ފިޓްނަސް، ޖިމް އަދި ބެކްވޯކްއައުޓް ހޭޝްޓެގް ޖަހާފައި ހުއްޓެވެ. 

your imageޖޯން އާއްމުކުރި ފޮޓޯ--

ފޭނުން ގިނަ ކޮމެންޓުތަކެއް ކުރަމުންދާ އެ ފޮޓޯ ފެނި ޖޯން އާއެކު "ދޯސްތާނާ" ގައި މަސައްކަތް ކުރި އަބީޝޭކް ވެސް ވަނީ ހައިރާންވެފަ އެވެ. އޭނާ ކުރި ކޮމެންޓުގައި ޖެހީ އަލިފާނުގެ އިމޯޓިކަން އެވެ.

ބޮލީވުޑުގެ ތަރިންގެ ތެރެއިން ޖޯންއަކީ ފިޓުކޮށް ހުރުމަށް ގިނަ މަސައްކަތް ކުރާ ކަމަށް ފާހަގަވެފައިވާ ތަރި އެކެވެ. އެހެންކަމުން އަބީޝޭކް ފަދަ އެކްޓަރަކު ވެސް ޖޯންގެ ހަށިގަނޑު ކަހަލަ ހަށިގަނޑެއް ބޭނުންވުން އެކަށީގެންވެ އެވެ. 

ޖޯން މިހާރު ކުރަމުންދާ މަސައްކަތަށް ބަލާއިރު، އޭނާ މިހާރު ޝޫޓު ކުރަމުން ދަނީ "ސަތްޔަމޭވަ ޖަޔަތޭ 2" އެވެ. އޭގެ އިތުރުން "އެޓޭކް" ގެ މަސައްކަތް ވެސް އެބަ އޮތެވެ.

ކުރިއަށް އޮތް އެންމެ ބޮޑު ފިލްމެއްގެ ގޮތުގައި ފާހަގަވަނީ ޝާރުކް ހާނާއި ދީޕިކާ ޕަޑުކޯން އާއެކު "ޕަތަން" އެވެ. އޭގެ އިތުރުން "އޭކް ވިލަން 2" ގެ ރޯލަކުން ވެސް ޖޯން ފެންނާނެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް