ads
ރެމޯ ޑި ސޫޒާ--
ހާޓް އެޓޭކެއް ޖެހިގެން އައިސީޔޫގައި ފަރުވާދެމުން ދިޔަ ރެމޯ ހޮސްޕިޓަލުން ދޫކޮށްލައިފި
އިންޑިއާގެ މަޝްހޫރު ކޮރެއޯގްރާފަރު، ރެމޯ ޑި ސޫޒާއަށް ހާޓް އެޓޭކެއް ޖެހިގެން އައިސީޔޫގައި ފަރުވާދެމުން ދިޔައީ މިމަހުގެ 11 ވަނަ ދުވަހުއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ރެމޯއަށް ހާޓް އެޓޭކެއް ޖެހިގެން ފަރުވާދެމުން ދިޔައީ މުމްބާއީގައި ހުންނަ ކޮކިލާބެއިން ހޮސްޕިޓަލުގެ އައިސީޔޫގަ އެވެ. ހާޓް އެޓޭކަށްފަހު ހެދި ކާމިޔާބު ސާޖަރީއަކަށް ފަހު މުޅިން ރަނގަޅުވެ، ރެމޯ ވަނީ މިއަދު ހޮސްޕިޓަލުން ދޫކޮށްލާފައެވެ. 

އޭނަައަށް ކުއްލިއަކަށް ހާޓް އެޓޭކެއް ޖެހި އައިސީޔޫގައި ފަރުވާ ދޭން ފެށުމާއިއެކު ގިނަ ބަޔަކު ދިޔައީ ކަންބޮޑުވުން ފާޅުކޮށް ހެޔޮ ދުއާ ކުރަމުން ކަމަށް އާއިލާއިން ބުނެއެވެ. އަދި އެ ދުއާތަކާއިއެކު މިއަދު އޭނަ މުޅިން ރަނގަޅުވެގެން ހޮސްޕިޓަލުން ދޫކޮށްލުމާއިއެކު ރެމޯ އާއި އޭނަގެ އާއިލާ ވަނީ ލިބުނު ސަޕޯޓަށާއި އެހީތެރިކަމަށް ޝުކުރު އަދާކޮށްފަ އެވެ. 

ސްޓާ ޕްލަސް އިން ދެއްކި މަޝްހޫރު ޑާންސް ޝޯ، ޑާންސް ޕްލަސް އުފެއްދި ރެމޯ ވަނީ އޭގައި ޖަޖެއްގެ ގޮތުން ވެސް ފެނިގެންގޮސްފަ އެވެ. އަދި އެތައް ހިޓް ލަވައެއް ކޮރެއޮގްރާފްކުރި 46 އަހަރުގެ ރެމޯ ވަނީ ސްޓްރީޓް ޑާންސާ ތްރީޑީ އާއި އޭބީސީޑީ އަދި ފްލައިން ޖެޓް ފަދަ ފިލްމުތައް ވެސް ޑައިރެކްޓްކޮށްފަ އެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް