ads
އެމެރިކާގެ ނައިބްރައީސް މައިކް ޕެންސް އަދި ރައީސް ޑްނަލްޑް ޓްރަމްޕް
އެމެރިކާގެ ނައިބު ރައީސް ކޮވިޑް ވެކްސިން ޖަހައިފި
އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސް މިއަދުގެ ވަގުތެއްގައި ކޮވިޑް-19 ވެކްސިން ޖައްސަވައިފިއެވެ.

ނައިބު ރައީސް ޕެންސަށް ކޮވިޑް ވެކްސިން ދިން މަންޒަރުވަނީ ޓީވީ މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައެވެ. އެއީ ވެކްސިނަކީ ރައްކާތެރި އެއްޗެއްކަމާއި އޭގެ ރަނގަޅު އަސަރު އެމެރިކާގެ ރައްޔިތުންނަށް އަންގައިދިނުމަށް ކަމަށް ވައިޓު ހައުސުން ވަނީ ބުނެފައެވެ.

ވެކްސިން ޖެއްސެވުމަށްފަހު ޕެންސު ވިދާޅުވީ ވެކްސިން ދިނުމުގެ ރަސްމިއްޔާތަކީ ތާރީހީ ހަފުތާއެއް ނިންމާލުމަށް ބާއްވާފައިވާ ވަރަށް ހާއްސަ ރަސްމިއްޔާތެއް ކަމަށާއި އެ ރަސްމިއްޔާތުގެ ބޭނުމަކީ އެމެރިކާގެ ރައްޔިތުންނަށް އުންމީދު އާ ވެފައިވާކަން ޔަގީންކޮށްދިނުން ކަމަށެވެ.

މީގެ ކުރިން ކޮވިޑް ޖެހިފައިވާ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕުގެ ފަރާތުން ވާހަކަދެއްކެވި ތަރުޖަމާނަކުވަނީ އެމަނިކުފާނުވެސް އެންމެ ރަނގަޅު ވަގުތު އައިސް ޖެހުމުން ވެކްސިން ޖެއްސެވުމަށް ތައްޔާރަށް ހުންނެވިކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ އިންތިހާބީ ރައީސް، އުމުރުން 78 އަހަރުގެ ޖޯ ބައިޑަންއަށްވެސް އަންނަ ހަފުތާގެ ތެރޭގައި ވެކްސިން ދިނުމަށްވަނީ ހަމަޖެހިފައެވެ. އެމަނިކުފާނު ހިމެނިވަޑައިގަންނަވަނީ ބަލީގެ ނުރައްކާ އެންމެ ބޮޑު މީހުންގެ ތެރޭގައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް