ads
ހުޅުމާލެ ސާފުކުރުމުގައި މައިކޮލެޖުން ދެއްކީ ނަމޫނާއެއް!
"ސާފު ހުޅުމާލެ" ނަމުގައި މިއަދު ހުޅުމާލޭގައި ބޭއްވި ސާފުކުރުމުގެ ހަރަކާތަކުގެ އެންމެ މައިކޮލެޖުން ވަނީ ތަފާތު ދައްކާފައެވެ.

އެކި މުވައްސަސާތަކާއި ގުޅިގެން ކުނި ގިނަވެފައިވާ ސަރަހައްދުތައް ސާފުކުރުމަށް ބޭއްވި އެ ހަރަކާތަކީ   ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އަދި އެހެނިހެން މުއައްސާސާތަަކާއި ގުޅިގެން ކުރިއަށް ގެންދިޔަ ކާމިޔާބު ޕްރޮގްރާމެކެވެ. 

ހުޅުމާލެ ސާފުކޮށް ރީތި މާހައުލެއްގެ ގޮތުގައި ބޭއްވުމަށާއި ދަރިވަރުން އެފަދަ ކަންކަމުގައި ހޭލުންތެރިކޮށް ބައިވެރި ކުރުމުގެ ބޭނުމުގައި މައިކޮލެޖުން އެކި މުއައްސަސާތަކާއި އެކު ކުރެވުނު މަޝްވަރާތަކަށްފަހު، އެޗްޑީސީގެ އެހީތެރިކަމާއިއެކު މިއަދު ހަވީރު 16:00 ފެށިގެން އިރުއޮއްސި 18:00 އާ ހަމައަށް ބޭއްވި އެ ހަރަކާތަށް ވަނީ ހީނުކުރާވަރުގެ ބޮޑު އެއްބާރުލުމެއް ލިބިފައެވެ. 

your image"ސާފު ހުޅުމާލެ" ނަމުގައި މިއަދު ހުޅުމާލޭގައި ބޭއްވި ސާފުކުރުމުގެ ހަރަކާތަކުގެ ތެރެއިން މައިކޮލެޖް----

އެގޮތުން ހުޅުމާލޭގެ 40 ސަރަހައްދެއް އެ ޕްރޮގްރާމްގެ ދަށުން ސާފުކުރިއިރު މައިކޮލެޖްގެ ހުޅުމާލެ ކެމްޕަހުގެ ފަރާތުން ވަނީ 20 އަށް ވުރެ ގިނަ ދަރިވަރުން އަދި މުވައްޒަފުން އެ ހަރާކާތުގައި ބައިވެރިވެފައެވެ. އެގޮތުން މައި ކޮލެޖުން އެކި ސަރަހައްދުތަކުން ތިން ޖަންބޯ ގޯނީގެ ކުނި ނަގާ ސާފުކޮށްފައިވެ އެވެ. 

"ލެޓްސް ގްރީން އިޓް" ކެމްޕެއިންގެ ދަށުން މައި ކޮލެޖްގެ ތީމަކީ "ކީޕް ސިޓީ ކްލީން" އެވެ. މިއަދު ބޭއްވި ސާފުކުރުމުގެ ހަރަކާތް ކާމިޔާބު ކަމާއިއެކު ނިންމާލާފައިވާއިރު، މައި ކޮލެޖްގެ ފަރާތުން ވަނީ މީގެ ކުރިންވެސް މިފަދަ ޕްރޮގްރާމްތަކުގައި ހަރަކާތްތެރިވެފަ އެވެ. އެގޮތުން ތެލެސީމިއާ ސެންޓަރަށް ލޭ ހަދިޔާ ކުރުމާއި، ކޮވިޑް-19 ގެ މިދަނޑިވަޅުގައި ފްރޮންޓްލައިންގައި މަސައްކަތްކުރަަައްވާ ބޭފުޅުންނަށް ބޭނުންވާނެ ސެނިޓައިޒާއާއި އަންގި ފަދަ ރައްކާތެރިވުމަށް ބޭނުންކުރާނެ ސާމާނު ހަދިޔާ ކުރުމުގެ އިތުރުން ކޮވިޑުގައި ހާލުގައި ޖެހިފައިވާ ބިދޭސީންނަށް އެހީތެރިވުމަށް ރެޑްކްރޮސެންޓުން ކުރާ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން ކާއެއްޗެހި ވެސް މައި ކޮލެޖުން ވަނީ ފޯރުކޮށްދީފަ އެވެ. އޭގެ އިތުރުން މައި ކޮލެޖުން ވަނީ މާލޭގައި ޕްލާސްޓިކް ނައްތާލުމަށް ކުރާ މަސައްކަތަށް އެއްބާރުލުން ދިނުމުގެ ގޮތުން މާލޭ ސިޓީގެ ޖެޓީ ސަރަހައްދު ސާފުކުރުމަށް ވެސް އެހީތެރިކަން ފޯރުކޮށްދީފައެވެ. 

your imageމައިކޮލެޖުން އެކި ސަރަހައްދުތަކުން ތިން ޖަންބޯ ގޯނީގެ ކުނި ވަނީ ނަގާފަ---

ރުއްގަނޑު 1 ސަރަހައްދުގައި ބޭއްވި އެ ޕްރޮގްރާމް ފަށާފައިވަނީ މިއަދު ހަވީރު 16:00 ގައެވެ. އެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި ހަރަކާތް ފައްޓަވާދެއްވާފައިވަނީ ނައިބު ރައީސް، ފައިސަލް ނަސީމް އެވެ.

ދެހާސް ހަވަނަ އަހަރުގައި އެންމެ 19 ދަރިވަރުންނާއި، ދެ ލެކްޗަރާއިންނާއި، ދެ ކްލާސްރޫމް އާއި އެކު ފެށި މައިކޮލެޖްގައި 245 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރަމުން އަންނަ އިރު، އެ ކޮލެޖްގައި 2800 އަށް ވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުން ދެއެވެ.

80%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
20%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް