ފެހި ކުލައިގެ ޕޭންޓުސޫޓެއް ލައިގެން ކިއާރާ ހުރި ފޮޓޯތައް އާއްމުވެފައި ވާއިރު، މީގެ އަހަރުތަކެއް ކުރިން ދީޕިކާ ވެސް ވަނީ ހަމަ އެ ސްޓައިލުގެ ޕޭންޓުސޫޓެއް ލާފަ އެވެ.
ކިއާރާ އަދި ދީޕިކާ އެއް ސްޓައިލަށް ހެދުން އަޅާފައި--
ކިއާރާގެ ސޫޓުގައި މެޓަލިކް ސީކުއިން ހުރިއިރު އޭގެ ކުލައަކީ ފޮރެސްޓް ގްރީނެވެ. ނަމަވެސް ދީޕިކާ ލައިގެން ހުރީނމެޓަލިކް އެމެރަލްޑް ގްރީން ކުލައިގެ ސޫޓެކެވެ.
ކިއާރާގެ ސޫޓުގައި ޖެކެޓުގެ އުނަގަނޑާ ދިމާލުން ގޮށެއް ޖަހާފައި ހުރި ނަމަވެސް އެފަދަ ގޮށެއް ދީޕިކާގެ ސޫޓަކު ނެތެވެ. ދެ މީހުން ވެސް ލައިގެން ހުރީ ޖެކެޓާ އެއް ކުލައިގެ ފައިކުރި ފުޅާ ޕޭންޓްސް އެވެ.
ދެ މީހުން އެއް ވައްތަރެއްގެ ހެދުން ލައިގެން ތިބި ފޮޓޯއަަށް ފޭނުންގެ ސަމާލުކަން ލިބިފައި ވާއިރު، މީގެ ކުރިން ވެސް ދީޕިކާއާ އެއް ސްޓައިލަށް ބައެއް ތަރިން ހެދުން އަޅާފައި ވެއެވެ.