ads
ފޮޓޯ: ދަ ޓްރިބިޔުން އިންޑިއާ
ހިތުގެ މައްސަލަތަކަކާއި ގުޅިގެން ޝުޝާންތުގެ ބައްޕަ އެޑްމިޓްކޮށްފި
ޖޫން މަހުގެ 14 ވަނަ ދުވަހު މުމްބާއީގައި ދިރިއުޅޭ ގޭގައި ދަންޖެހިފަ ހުއްޓާ ފެނުނު އެކްޓަރު ސުޝާންތު ސިން ރާޖްޕޫތުގެ ބައްޕަ ހިތުގެ މައްސަލަތަކަކަށް ފަރުވާ ދިނުމަށް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފައިވަނީ މިއަދުއެެވެ.
Advertisement

ރިޕޯޓްތައް ބުނާ ގޮތުން އޭނަ އެޑްމިޓްކޮށްފައިވަނީ ފަރިދަބާދުގައި ހުންނަ އޭޝިއަން ހޮސްޕިޓަލްގައެވެ. ޝުޝާންތުގެ މަރަށް މިހާރު ފަސް މަހަށް ވުރެ ގިނަ ދުވަސް ވެގެން ގޮސްފައިވާއިރު، އެމައްސަލަ ތަހުހީގުކުރަމުން އާ ޓީމުންވަނީ އެއީ ސޫސައިޑް (އަމިއްލައަށް މަރުވުމުގެ) ކޭސްއެއް ކަމަށް ނިންމާފައެވެ. އެހެންނަމަވެސް އާއިލާއިން އަދިވެސް ދަނީ އެއީ ސޫސައިޑް ކޭސްއެއް ނޫންކަމަށް ބުނެ އިންސާފު ހޯދުމަށް މަސައްކަތްކުރަމުން ނެވެ.

ސުޝާންތުގެ ބައްޕަ، ކޭކޭ ސިންގް ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު، ރިއާއާ ދެކޮޅަށް ފުލުހުންނަށް މައްސަލައެއް ހުށަހަޅާފަ އެވެ. ޕަތްނާގައި ދިރިއުޅޭ ސުޝާންތުގެ އާއިލާ އިން ތުހުމަތު ކުރަނީ، އޭނާ އަމިއްލައަށް މަރުވީ ރިއާ އޭނާއަށް ފައިސާގެ ގޮތުން ހިޔާނާތްތެރިވުމާއި ނަފްސާނީ ގޮތުން ވެސް ތަފާތު ދުއްތުރާތައް ކުރުމުން ކަމަށެވެ. 

ރިއާގެ އިތުރުން، އޭނާގެ އާއިލާއަށް ވެސް ސުޝާންތުގެ ބައްޕަ ވަނީ އެ ތުހުމަތުތައްކޮށްފަ އެވެ. އެކަމަކު ރިއާ ދަނީ ތުހުމަތުތައް ދޮގުކޮށް ހަގީގަތް ހާމަވާނެ ކަމަށް ބުނަމުންނެވެ. އެ މައްސަލައިގައި ރިއާގެ މަށްޗަށް ބޮޑެތި ތުހުމަތުތަކެއް ކުރެވިގެންދިޔައިރު އެމައްސަލައިގައި ތެރެއިން ޒަމާންތަކަކަށް ބޮލީވުޑްގައި ހިގަމުން އާއި ޑްރަގް ބޮޑު މައްްސަލަ ގަނޑެއް ވެސް ވަނީ ހިލިގެން ގޮސް ފައެވެ. 

މަރުގެ މައްސަލައިގެ ތެރެއިން ފެންމަތިވި ޑްރަގުގެ މައްސަލައާ ގުޅިގެން ރިއާ އާއި އޭނާގެ ކޮއްކޮ ހައްޔަރުވެސް ކުރިއެވެ. ރިއާވަނީ އެ މައްސަލައިގައި 28 ދުވަހު ޖަލުގައި ހޭދަކޮށްފައެވެ. އެމައްސަލައިގެ ތަހުގީގަށް ރިއާ ވަނީ ބޮލީވުޑުގައި ޑްރަގު ބޭނުންކުރާ މީހުންގެ ލިސްޓު ވެސް ހިއްސާކޮށްފައި ކަމަށް ބުނެ އެވެ. އަދި އެ ލިސްޓަށް ރިއާޔަތްކޮށް ދީޕިކާ ޕަޑުކޯން އާއި ސާރާ އަލީ ހާން އަދި ރަކުލް ޕްރީތު ސިންގް އާއި ޝްރައްދާ ކަޕޫރު ގެ އިތުރުން ބޮލީވުޑްގެ ގިނަ ތަރިންތަކެއް ވަނީ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯއަށް ހާޒިރުކޮށް ބަޔާން ނަގާފަ އެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް