މި ވެލިއު އޮފާ އެކްޓިވޭޓް ކޮށްގެން ކޮންމެ ކަސްޓަމަރަކަށް 1.5 ޖީބީގެ ބަދަލުގައި 3 ޖީބީގެ ޑޭޓާގެ އެލަވަންސެއް ލިބޭނެ ކަމަށް ދިރާގުން ބުނެއެވެ.
މީގެ އިތުރުން ޕްރީޕެއިޑު ކަސްޓަމަރުންނަށް ހާއްސަ ކޮށްގެން މި ތައާރަފުކުރި ޕެކޭޖު އެކްޓިވޭޓް ކުރެވޭނީ ދިރާގު އެޕްލިކޭޝަން މެދުވެރިކޮށެވެ.
މި ޕެކޭޖުގެ މުއްދަތަކީ ހަތް ދުވަހެވެ.
ޕްރޮމޯޝަން ކުރިއަށް ދަނީ އަންނަ ޖެނުއަރީ މަހުގެ 10 ވަނަ ދުވަހާ ހަމައަށެވެ.
މި ޕްރޮމޯޝަންގެ އިތުރުން ދިރާގު ވަނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ނުވެންބަރު މަހުފެށި ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަރް ތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަން 31 ޑިސެންބަރު ގެ ނިޔަލަށް ފަށާފައެވެ.
އަދި މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރް އެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް 2 ގުނަ ޑޭޓާ ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ.
ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރް އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.
ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭން ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ. ދިރާގު ފައިބަރް ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަރް ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.