ads
އިސްދޫގެ ބަނދަރުގެ މަޝްރޫއު ހިންގުމަށް ބޭނުންވާ އުޅަނދެއް--- ފޮޓޯ: އެމްޓީސީސީ
އިސްދޫ ބަނދަރުގެ މަސައްކަތްތައް ކުރިއަށް
ލ. އިސްދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށްދާ ކަމަށް އެ މަޝްރޫއާއި ހަވާލުވެފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އިސްދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން ކުރާ މަސައްކަތުގެ ތެރެއިން މިހާރު ބަނދަރު ފުންކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި، އެއްގަމު ތޮށި ލުމަށް ބޭނުންވާ ކޮންކްރީޓް ބްލޮކް އެތުރުމުގެ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށް އެމްޓީސީސީން ބުނެއެވެ.

އެ މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގައި ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުމާއި، 1،560 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހެދުން ފަދަ މަސައްކަތްތައް ކުރާނެ އެވެ.

މި އަހަރުގެ އޮގަސްޓްގެ ހަތަރުވަނަ ދުވަހު މޮބިލައިޒް ކުރެވުނު އެ މަޝްރޫއު ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފައި ވަނީ 34.7 މިލިއަން ރުފިޔާ އަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް