ads
ފޮޓޯ: ދިރާގު
100 އިންސައްތަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަނެއް ދިރާގުން ފަށައިފި
އަހަރު ނިންމުމުގެ ގޮތުން ދިރާގުން އެ ކުންފުނީގެ ދަށުން ހިދުމަތް ހޯދަމުން އަންނަ ޕްރީޕެއިޑް ކަސްޓަމަރުންނަށް ޕްރޮމޯޝަނެއް ފަށައިފި އެވެ.

ދިރާގުން އިއްޔެ ފެށި ޕްރޮމޯޝަންގެ ދަށުން އެ ކުންފުނީގެ ޕްރީޕެއިޑް ހިދުމަތް ހޯދާ ފަރާތްތަކުން 75 ރުފިޔާގެ މިނީ ޑޭޓާ ޕެކޭޖެއް ނަގައިގެން 100 އިންސައްތަ އިތުރު ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެ އެވެ.

އެ ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގައި އެ ޕެކޭޖް ނަގައިގެން އާންމުކޮށް ލިބޭ 1.5 ޖީބީގެ ޑޭޓާގެ ބަދަލުގައި 3 ޖީބީގެ ޑޭޓާ އެލަވަންސް ލިބިގެން ދާނެ ކަމަށް ދިރާގުން ބުނެފައިވެ އެވެ. އެ ޕްރޮމޯޝަން ކުރިއަށް ގެންދަން ހަމަޖެހިފައިވަނީ އަންނަ ޖެނުއަރީގެ 10 ގެ ނިޔަލަށެވެ.

ދާދި ފަހުން ދިރާގުން އެ ކުންފުނީގެ މޯބައިލް ޕްރީޕެއިޑް ޕެކޭޖްތަކަށް ބަދަލު ގެނެސްފައިވާ އިރު، އެ ކުންފުނިން ވަނީ ޕްރީޕެއިޑްގެ ހިދުމަތް ލިބިގަންނަ ކަސްޓަމަރުންނަށް ހާއްސަކޮށް ކޮމްބޯ ޕެކޭޖެއް ތައާރަފްކޮށްފަ އެވެ. އެ ކޮމްބޯ ޕެކޭޖްގެ ސަބަބުން އެ ކުންފުނީގެ ޕްރީޕެއިޑް ކަސްޓަމަރުންނަށް ލުއިތަކެއް ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނާ ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ހެޔޮ އަގެއްގައި ގިނަ ފައިދާތައް ހޯދައިދިނުމަށް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް