ފުލުހުންގެ މީޑިޔާ އޮފިޝަލަކު ސީއެންއެމްއަށް މައުލޫމާތުދެމުން ވިދާޅުވީ މ.މުލީ މަގުމަތީ ގައި ޕާކް ކޮށްފައިހުރި ފުލުހެއްގެ ސައިކަލުގައި ރޯ ކޮށްލާފަވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 5:45 ކަށްހާއިރު ފުލުހުންނަށް ލިބިފައިވާކަމަށެވެ.
އަދި މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާކަމަށާއި ނަމަވެސް ސައިކަލުގައި ރޯވެ ވަނީ އެއްވެސް ބޭނުމެށް ނުކުރެވޭ ވަރަށް ހަލާކުވެފައިކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މ.މުލި
މި ހާދިސާ ހިގަން މެދުވެރިވި ސަބަބު އަދި އޮޅުން ނުފިލާކަމަށާއި މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.