އެޗްޑީސީން ބުނެފައިވަނީ ހުޅުމާލޭ ގޮނޑުދޮށުން "ބްލޫ ބަޓަން ޖެލީފިޝް" އަދި "ބްލޫ ބޮޓަލް ޖެލީފިޝް" ފެނިފައިވާތީ އާންމުން އެ ސަރަހައްދަށް ގޮސް އުޅުމުގައި ސަމާލުވުމަށް އެދޭކަމަށެވެ.
ހުޅުމާލޭ އިރުމަތީ ފަރާތު ގޮނޑު ދޮށުގައި ރެދަންލާތާ ހަފްތާއެއްހާ ދުވަސް ވެފައިވާއިރު އެކަން މީޑިއާގެ ސަމާލުކަމަށް އައުމާއެކު އެތައް ބަޔަކު މި ދުވަސްވަރު އަންނަނީ ހުޅުމާލޭ ބީޗަށް އެއްވަމުންނެވެ.
އެހެން ކަމުން މި މަންޒަރު ބަލަންދާ ފަރާތްތަކުން ޖެލީފިޝްތަކަށް ސަމާލުވުން މުހިންމު ކަމަށް ވެސް އެޗްޑީސީން ވަނީ ބުނެފައެވެ.