ads
ބަލިވި މީހުންނާއި އެމީހުންގެ އެހީތެރިން-- ފޮޓޯ: އޭޕީ
އިންޑިއާގެ ގޮތް ނޭނގޭ ބަލި: އަދިވެސް ސަބަބު ދެނެނުގަނެވޭ!
އިންޑިއާގެ ދެކުނު އަންދްރަ ޕްރަދޭޝް ސްޓޭޓުގެ އެލޫރޫ އަވަށުގައި ކުއްލި ގޮތަކަށް ގިނަ ބަޔަކު ބަލިވާން މެދުވެރިވި ސަބަބު ދެނެގަންނަން ދިގު މުއްދަތުގެ ދިރާސާތައް ކުރުމަށް އޯލް އިންޑިއާ އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (އެއިމްސް) އަދި އިންޑިއަން އިންސްޓިޓިއުޓް އޮފް ކެމިކަލް ޓެކްނޮލޮޖީ (އައިއައިސީޓީ) އަށް އަންގައިފި އެވެ.

ޑިސެމްބަރު ފަސްވަނަ ދުވަހު ކުއްލި ގޮތަކަށް ގިނަ ބަޔަކު ބަލިވާން ފެށީ މޭ ނުބައިކޮށް، ހޭ ނެތި، ފިޓު ޖެހުން ފަދަ މައްސަލަތަކާ އެކު އެވެ. މި ބަލީގައި އެކަކު މަރުވިއިރު 600 އަށް ވުރެ ގިނަ މީހުންނަށް ފަރުވާ ދޭން ޖެހުނެވެ. ނަމަވެސް މި ބަލީގެ ސަބަބުން އަދި އަދަށް ވެސް ދެނެގަނެވިފައެއް ނުވެ އެވެ. 

އެހެންކަމުން އަންދްރަ ޕްރަދޭޝްގެ ސަރުކާރުން އެދިފައި ވަނީ ސަބަބު ދެނެގަތުމަށް ދިގު ދިރާސާއެއް ކުރުމަށެވެ. މީގެ ކުރިން އެއިމްސްއިން ކުރި ތަހުލީލުން ބައެއް މީހުންގެ ލޭގެ ސާމްޕަލުން ދަގަނޑުގެ ބާވަތްތައް ވަރަށް ގިނައިން ފެނުނެވެ. އެއީ ގަހަށް ޖަހާ ބޭހުގެ ސަބަބުން ދިމާވި ކަމެއް ކަމަށް ބެލެވެ އެވެ. 

އެހެން ނަމަވެސް އެކަން ކަށަވަރު ނުކުރެވޭތީ އިތުރު ދިރާސާތައް ކުރަން ޖެހޭނެ ކަމަށް އެއިމްސްގެ ރިޕޯޓުގައި ވެއެވެ. އާ ދިރާސާތައް ފަށަން އަންގާފައި ވާއިރު، ބައެއް ބާވަތްތަކުގެ ގަހަށް ޖަހާ ބޭސް މަނާ ކުރުމަށް އަންދްރަ ޕްރަދޭޝްގެ ސަރުކާރުން މިހާރު ދަނީ ވިސްނަމުންނެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް