އިންޑިއާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު ބަލިވެ އުޅުމަށް ފަހު މަރުވެފައިވާ ކަމަށް ފެތުރޭ ހަބަރުތައް އޭނާގެ އާއިލާއިން ދޮގުކޮށްފި އެވެ.

Advertisement
އިންޑިއާގެ ކުޅަދާނަ ލަވަކިޔުންތެރިޔާ ލަތާ މަންގޭޝްކަރު ބަލިވެ އުޅުމަށް ފަހު މަރުވެފައިވާ ކަމަށް ފެތުރޭ ހަބަރުތައް އޭނާގެ އާއިލާއިން ދޮގުކޮށްފި އެވެ.
ނޭވާލުމުގައި ދިމާވި މައްސަލަތަކެއްގެ ސަބަބުން ނޮވެމްބަރު 11 ވަނަ ދުވަހު ލަތާ ވަނީ މުމްބާއިގެ ބްރީޗް ކޭންޑީ ހޮސްޕިޓަލުގައި އެޑްމިޓުކޮށްފަ އެވެ.
ހޮސްޕިޓަލުގައި ދުވަސްތަކެއް މަޑު ކުރުމަށް ފަހު ލަތާ މިހާރު ވަނީ ގެއަށް ބަދަލުކޮށްފަ އެވެ. އަދި އޭނާގެ ހާލު ރަނގަޅުވަމުންދާ ކަމަށް އާއިލާގެ މެމްބަރަކު ވަނީ ބުނެފަ އެވެ.
ލަތާގެ އާއިލާއިން ވަނީ އޭނާ މަރުވެފައިވާ ކަމަށް ފެތުރޭ ފޭކު ހަބަރުތައް ގަބޫލު ނުކުރުމަށް ފޭނުންގެ ކިބައިން އެދިފަ އެވެ. މީގެ ކުރިން ވެސް ލަތާ މަރުވެފައިވާ ކަމަށް އަޑު ފެތުރުނެވެ.
އެ ފަހަރު އޭނާގެ ތަރުޖަމާނު ބުނީ އޭނާގެ ހާލު ރަނގަޅު ކަމަށެވެ. މަގްބޫލު ގިނަ ލަވަތަކެއް ކިޔާފައިވާ ލަތާގެ ފޭނުން ދަނީ އޭނާއަށް އަވަސް ޝިފާއަކަށް އެދި ސޯޝަލް މީޑިއާގައި މެސެޖުތައް ފޮނުވަމުންނެވެ.