ads
މޯލްޑިވް ގޭސް އެމްޑީ؛ ޝަޒައިލް
ޝަޒައިލްއަށް މަނީލޯންޑަރީގެ ތުހުމަތު، މައްސަލަ ފުލުހަަށް
މޯލްޑިވް ގޭސް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ސިޔާމްގެ މައްޗަށް މަނީ ލޯންޑަރީގެ ތުހުމަތު ކުރެވި އެމައްސަލަ ފުލުހަށް ހުށަހަޅައިފިއެވެ.

ސީއެންއެމްއަށް މައުލޫމާތު ދެއްވަމުން އެންޓި ކޮރަޕްޝަން ކޮމިޝަންގެ މީޑިއާ އޮފިޝަލް ހަސަން މަނިކު ވިދާޅުވީ، އޭސީސީއަށް ހުށަހެޅުނު، ޝަޒައިލްގެ މައްޗަށް ކުރެވުނު ރިޝްވަތުގެ މައްސަލަ އޭނާގެ މައްޗަށް ސާބިތު ނުވާ ކަމަށާއި، ނަމަވެސް އެމައްސަލައިގެ ތަހުގީގުގެ ތެރެއިން އިތުރު 4 ތުހުމަތެއް އޭނާގެ މައްޗަށް ކުރެވުނު ކަމަށެވެ. 

ހަސަން ވިދާޅުވީ، އެމައްސަލާގެ ތަހުގީގުގެ ތެރެއިން ކުރެވުނު އިތުރު ހަތަރު ތުހުމަތުގެ ތެރެއިން 1 ތުހުމަތަކީ މަނީ ލޯންޑަރީންގެ ތުހުމަތު ކަމަށާއި އެމައްސަލަ ތަހުގީގު ކުރުމަށް ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އަނެއް ތިން މައްސަލަ އެސީސީން ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ހަސަން ވިދާޅުވިއެވެ. ނަމަވެސް އެއީ ސީދާ ކޮން ތުހުމަތު ތަކެއްކަމެއް ހާމަކޮށްފައެއް ނުވެއެވެ.

ހަސަން ވިދާޅުވީ، ކުރިން ތަހުގީގު ކުރެވުނު ރިޝްވަތުގެ މައްސަލަ ތަހުގީގުކޮށް ނިންމިގޮތުގެ ރިޕޯޓް ރައީސް އޮފޯހަށާއި ރައްޔިތުންގެ މަޖިލީހަށްވެސް މިހާރު ފޮނުވާފައިވާ ކަމަށެވެ. 

ޝަޒައިލްއަށް ރިޝްވަތުގެ ތުހުމަތު ކުރެވި އެމައްސަލަ އޭސީސީން ތަހުގީގު ކުރަން ފެށީ، ރައީސް އޮފީހުގެ "ޒިރޯ ޓޮލަރެންސް" ޕޯޓަލްއަށް ހުށަހެޅި ޝަކުވާތަކަކާ ގުޅިގެން އެމައްސަލަ ރައީސް އޮފޯހުން އޭސީސީއަށް ހުށަހެޅުމުންނެވެ. އެމައްސަލާގައި މިއަހަރުގެ އޮކްޓުބަރު މަހުގެ 16 ވަނަ ދުވަހުން ފެށިގެން އޭނާހުރީ ސަސްޕެންޝަނުގައެވެ. 

މީގެއިތުރުން މިމައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީން ވެސް ބެލިއެވެ. އެގޮތުން އެކޮމިޓީން ވަނީ މިހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި، މައްސަލަ ތަހުގީގުކޮށް ނިންމުމަށް އޭސީސީގައި އެދިފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް