ads
މިތުރުގެ ނަމުގައި އެޗްޑީސީން ޗެޓްބޮޓެއް ތައާރަފްކުރުމުގެ ތެރެއިން--- ފޮޓޯ: އެޗްޑީސީ
"މިތުރު" ގެ ނަމުގައި އެޗްޑީސީން ޗެޓްބޮޓެއް ތައާރަފްކޮށްފި
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ކޯޕަރޭޝަންގެ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ފަސޭހަކަމާއި އެކު ފޯރުކޮށްދިނުމުގެ ގޮތުން ޗެޓްބޮޓެއް ތައާރަފްކޮށްފި އެވެ.

އިއްޔެ "މިތުރު" ގެ ނަމުގައި އެޗްޑީސީން ތައާރަފްކުރި ޗެޓްބޮޓަކީ ފޭސްބުކް މެސެންޖާގެ އިތުރުން އެ ކޯޕަރޭޝަންގެ ވެބްސައިޓް މެދުވެރިކޮށް ވީހާވެސް ފަސޭހަކަމާއި އެކު، ރައްޔިތުންނަށް އެ ކޯޕަރޭޝަނުންދޭ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ފޯރުކޮށްދިނުމުގެ ގޮތުން ތައާރަފްކުރި ޗެޓްބޮޓެއް ކަމަށް އެޗްޑީސީން ބުނެއެވެ.

"މިތުރު" ޗެޓްބޮޓް މެދުވެރިކޮށް އާންމުންނަށް އެ ކޯޕަރޭޝަންގެ ހިދުމަތްތަކަށް އެދި، ހިދުމަތްތަކާއި ބެހޭ މައުލޫމާތު ލިބިގެންދާނެ ކަމަށާއި، އެހެންކަމުން "މިތުރު" ގެ ނަމުގައި ތައާރަފްކުރެވުނު ޗެޓްބޮޓްގެ ސަބަބުން އެޗްޑީސީއާއި އާންމުންނާއި މެދު އޮންނަ ގުޅުން ރަނގަޅުވެ، ދިމާވާ ދަތިތައް ހައްލުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

ހިދުމަތްތަކާއި ބެހޭ މައުލޫމާތު ހޯދުމާއި އެޗްޑީސީގެ ހިދުމަތަކަށް އެދުމުގެ އިތުރުން، ހުޅުމާލެއާއި ބެހޭ މައުލޫމާތުތައް ވެސް މިތުރު ޗެޓްބޮޓްގެ ޒަރިއްޔާ އިން ފޯރުކޮށްދެވިގެންދާނެ އެވެ.

އެޗްޑިސީން ބުނާގޮތުގައި އެ ކޯޕަރޭޝަނުން ދެމުން ގެންދާ ހިދުމަތްތަކާއި އެ ހިދުމަތްތަކާއި ބެހޭ މައުލޫމާތު ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ އެ ކޯޕަރޭޝަނުން ބޮޑު އިސްކަމެއް ދީގެން ކުރަމުން ގެންދާ މަސައްކަތެއް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް