ads
އަލަށް ތައާރަފްކުރި ފައިނޭންސިންގެ ދަށުން ބޭރުގެ ކޮންމެ ގައުމަކުންވެސް މަތީ ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބިގެން ދާނެ--- ފޮޓޯ: ބީއެމްއެލް
ބީއެމްއެލް އިސްލާމިކް އިން އެޑިއުކޭޝަން ފައިނޭންސިން އެއް ތައާރަފްކޮށްފި
ދުނިޔޭގެ ކޮންމެ ގައުމަކުން ވެސް މަތީ ތައުލީމް ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ބީއެމްއެލްގެ އިސްލާމިކް އިން އެޑިއުކޭޝަން ފައިނޭންސިން އެއް ތައާރަފްކޮށްފިއެވެ.

މިއަދު ތައާރަފް ކުރެވުނު އެޑިއުކޭޝަން ފައިނޭންސިން އަކީ ޝަރުއީ ހަމަތަކަށް ފެތޭ ގޮތަށް އިޖާރާގެ ދަށުން އެކުލަވާލެވިފައިވާ ފެސިލިޓީއެއް ކަމަށްވާ އިރު، އެ ފެސިލިޓީގެ ދަށުން ސެޓިފިކެޓް ލެވަލްގެ ކޯސްތަކުން ފެށިގެން ޕީއެޗްޑީ އާއި ހަމައަށް ތައުލީމް ހާސިލްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ބީއެމްއެލުން ބުނެއެވެ.

މި ފައިނޭންސިން މެދުވެރިކޮށް ޓިއުޝަން ފީގެ އިތުރުން ދިިރިއުޅުމަށާއި އެހެނިހެން ބޭނުންތަކަށް ހޭދަވާނެ ހޭދަތައް ހިމަނައިގެން ޖުމްލަ ހޭދައިގެ 75 އިންސައްތަ އާއި ހަމައަށް ފައިނޭންސްކޮށްދިނުމަށް ހަމަޖެހިފައިވާ އިރު، ތައުލީމް ހާސިލްކުރުމަށް ހިނގާނެ ހުމްލަ ހޭދައިގެ ބާކީ 25 އިންސައްތަ ހޭދަކުރަން ޖެހޭނީ އަމިއްލައަށް ކަމަށް ބީއެމްއެލުން ވަނީ ބުނެފައެވެ.

އޭގެ އިތުރުން މި ފައިނޭންސް ފެސިލިޓީ ބޭނުންކުރާ ފަރާތްތަކުން ރަހުނުގެ ގޮތުގައި ފައިނޭންސްކޮށްދޭ އަދަދުގެ 150 އިންސައްތަ އަށް ވުރެ ކުޑަނޫން ރަހުނެއް ބަހައްޓަންޖެހޭނެ ކަމަށްވެސް ބީއެމްއެލުން ބުނެއެވެ.

ދިހަ އަހަރުދުވަހުގެ މުއްދަތުގައި ދައްކާ ހަލާސްކުރަން ޖެހޭ މި ފައިނޭންސް ދޫކުރުމަށް ހަމަޖެހިފައިވަނީ 11 އިންސައްތައިގެ ރޭޓެއްގަ އެވެ.

މިއަދު ތައާރަފް ކުރެވުނު އެޑިޔުކޭޝަން ފައިނޭންސިން އަކީ އިސްލާމިކް ފައިނޭންސިން ފެސލިޓީ އެއް މެދުވެރިކޮށް މަތީ ތައުލީމު ހާސިލްކުރުމުގެ އުއްމީދު ކުރަމުންދާ ދަރިވަރުންނަށް ހުޅުވިގެންދާ ރަނުގެ ފުރުސަތެއް ކަމަށް މި ފައިނޭންސިން ފެސިލިޓީ ތައާރަފް ކޮށްދެއްވަމުން ބީއެމްއެލްގެ އިސްލާމިކް ބޭންކިން ޑިރެކްޓަރު ސުރީ ހާނިމް މުހައްމަދު ވަނީ ވިދާޅުވެފައެވެ.

ބީއެމްއެލް އިސްލާމިކް ހިދުމަތްތައް ފަރުމާ ކުރެވިފައިވަނީ ޝަރުއީ ހަމަތަކާއި އެއްގޮތްވާ ގޮތުގެ މަތިން ކަމަށާއި، އިސްލާމިކް ބޭންކިން އާއި ގުޅޭ ބައިނަލްއަގުވާމީ އެންމެ ރަނގަޅު އުސޫލުތަކަށް ބިނާކޮށް ކަމަށް ބީއެމްއެލުން ބުނެއެވެ.

އެޑިއުކޭޝަން ފައިނޭންސަށް އެދެން ބޭނުންވާ ފަރާތްތަކުން ހ. ޒޮނޭރިއާގައި ހުންނަ ބީއެމްއެލް އިސްލާމިކް ބްރާންޗަށާއި އަތޮޅުތެރޭ ހުންނަ ބީއެމްއެލްގެ ބްރާންޗްތަކަށް އެދި ހުށަހެޅޭނެ ކަމަށް ބީއެމްއެލުން މައުލޫމާތުދެއެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް