ads
ޑރ. ޝަހީމް އަލީ ސައީދު
ދަރަޖަކޮށް އިނާމު ދޭ ނަމަ ކުދިންގެ ހިތުޖެހޭނެ: ޝަހީމް
ދަރަޖަކޮށް އިނާމު ދޭ ނަމަ ވަރަށް ގިނަ ކުދިން ހިތުގައި ޖެހޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް ވިދާޅުވެއްޖެއެވެ.

އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، މި އަހަރުން ފެށިގެން ހާއްސަ މެޑެލެއް ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން ޝަހީމް ވިދާޅުވެލަށްވާފއިވަނީ ގުރުއާން ހިތު ދަސްކުރާ ކުދިންނަށް ގައުމީ އިނާމު ދޭންވީ ގުރުއާން ދަސްކުރީތީ ކަމަށާއި އެކި ކުދިންގެ ކިޔެވުމުގެ ފެންވަރު ހުންނާނީ އެކިވަރަށް ކަމަށްވާއިރު އެގޮތައް ދަރަޖަކޮށް އިނާމު ދޭ ނަމަ ވަރަށް ގިނަ ކުދިން ހިތުގައި ޖެހޭނެ ކަމަށެވެ.

އޯޓިޒަމް ހުންނަ ކުއްޖަކު ޤުރުއާން ދަސްކުރި ކަމުގައި ވިޔަސް އޭނާގެ ކިޔެވުން އެންމެ ކުޅަދާނަ ނުވެދާނެކަމަށާއި ކިޔެވުމުގެ ފެންވަރާއި ދަރަޖަ ވެސް މި ކުދިންގެ ތަފާތުވެދާނެކަމަށެވެ. އެހެންވެ މިފަދަ ކިތަންމެ ސަބަބަކާ ގުޅިގެން ހާފިޒުންނަށް ގައުމީ އިނާމު ދޭންވީ ފެންވަރަށް ބަލައިގެނެއް ނޫންކަމަށާއި އިނާމު ދޭންވީ ﷲގެ މާތް ފޮތް ދަސްކުރި ކަމަށްޓަކާކަމަށް ޝަހީމް ވިދާޅުވިއެވެ.

އަދި މިހާރު ނިންމާފައިވާ ގޮތުން ގައުމީ އިނާމު ދޭ ހަފްލާގައި އެއްވަނަ ދަރަޖައަށް އިނާމު ދީފައި، ގުރުއާން މުބާރާތުގެ އިނާމު ދޭ ޖަލްސާގައި ދެވަނަ ދަރަޖައަށް އިނާމު ދިނުމަކީ ހާފިޒުން ހިތުގައި ޖެހޭނެ ކަމެއް ކަމަށާއި އޭގެ ތެރޭގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިން ތިބުމަކީ ވެެދާނެ ކަމަކަށްވާއިރު ތަފާތުނުކޮށް ގުރުއާން ދަސްކުރިކަމަށްޓަކައި ގައުމީ އިނާމު ދިނުމަށް ޝަހީމް ވަނީ އެދިލަށްވާފައެވެ.

މީގެއިތުރުން ހާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް އިތުރުކޮށްދެއްވުމަށް ވެސް ޝަހީމް ވަނީ އެދިވަޑައިގެންފައެވެ. އެގޮތުން ހާޒިފުންނަށްޓަކައި ސަރުކާރުން ރަނގަޅުކަމެއް އެސްޓަބްލިޝްކުރަން ބޭނުންފުޅު ނަމަ ހާފިޒުންނަށް ދައުލަތުން ދޭ އެލަވަންސް ފަސްހާސް ރުފިޔާއަށް އިތުރުކޮށްދެއްވުމަށް ޝަހީމް ވަނީ ގޮވާލާފައެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، އެއްވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް، މި އަހަރުން ފެށިގެން ހާއްސަ މެޑެލެއް ދެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ނިންމަވައިފި އެވެ. 

އެއްވަނަ ދަރަޖައިގައި މި އަހަރު ފާސްވި ހާފިޒުންނަށް ހާއްސަ މެޑެލް ދެއްވުން އޮންނާނީ، ދައުލަތުން ދެއްވާ އެކި އިނާމުތައް ދެއްވުމަށް މި ޑިސެންބަރު މަހުގެ 26 ވަނަ ދުވަހުގެރޭ ޖުމްހޫރީ މައިދާނުގައި ބާއްވަވާ ރަސްމިއްޔާތުގައެވެ. މި އަހަރު އެއްވަނަ ދަރަޖައިގައި ފާސްވެފައިވަނީ 4 ހާފިޒުންނެވެ.

ކީރިތި ޤުރްއާން ހިތުދަސްކޮށް، 2 ވަނަ ދަރަޖަ އަދި 3 ވަނަ ދަރަޖައިގައި ފާސްވާ ހާފިޒުންނަށް ރައީސް ދެއްވާ މެޑެލް، މީގެފަހުން ދެއްވަމުން ގެންދަވާނީ ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުމަށް ބާއްވާ ޖަލްސާގަ ކަމަށް ރައީސް އޮފީހުން ބުނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް