ads
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
ޖޫރިމަނާ ފައިސާ ދައްކަން ޑީއާރުޕީއަށް 6 މަސް ދީފި!
ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން އިލެކްޝަންސް ކޮމިޝަނަށް ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ އަންނަ މަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ޖެހޭ ގޮތަށް ހުކުމްކޮށްފި އެވެ.

ޑީއާރުޕީ އިން ތަކުރާރުކޮށް ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް ބުނެ އީސީން އެ ޕާޓީއާ ދެކޮޅަށް ދައުވާކުރި މައްސަލައާ ގުޅިގެން ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ކުރި ހުކުމްގައި ވަނީ ޖޫރިމަނާގެ ގޮތުގައި ދައްކަން ޖެހޭ 125،000 ރުފިޔާ ޖެނުއަރީ މަހުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ދައްކަން ހުކުމްކޮށްފައެވެ. 

ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދާ ހިލާފުވެފައިވާ ކަމަށް އީސީން ބުނާއިރު 2016 އަދި 2019 ގައި ކޮށްފައިވާ ޖޫރިމަނާތަކުގެ ފައިސާ ވެސް ޕާޓީން ދައްކާފައެއް ނުވެ އެވެ. ދެ ފަހަރެއްގެ މަތިން އެ ފައިސާ ކޮމިޝަނަށް ދެއްކުމަށް އެ ޕާޓީއަށް އެންމުން ވެސް ފައިސާ ދައްކާފައި ނުވާކަމަށް އީސީން ބުނެއެވެ. ސިޔާސީ ޕާޓީގެ ގާނޫނާއި އެ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފާއިތުވި ދެ އަހަރު ޕާޓީގެ އަހަރީ ރިޕޯޓާއި އޮޑިޓް ރިޕޯޓްވެސް ކޮމިޝަނަށް ހުށަހަޅާފައި ނުވާ ކަމަށް އީސީން ބުނެފައިވެ އެވެ. 

ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނުގައިވާ ގޮތުގައި އޮޑިޓް ރިޕޯޓު ހުށަނާޅާ ނަމަ 20،000 ރުފިޔާ އާއި 50،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. 

ޑީއާރުޕީއަކީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕާޓީއެއް ނަމަވެސް މިހާރު އެ ޕާޓީ ހިންގަމުން އަންނަވަނީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރެވެ.

50%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް