ads
ހުޝީ--
ސްރީދޭވީ ހަގު ދަރީގެ އިންސްޓަގްރާމު ފޮޓޯތައް މިއޮތީ!
ޝްރީ ދޭވީ އާއި ބޯނީ ކަޕޫރަށް ލިބުނު އެންމެ ހަގު ދަރިފުޅު، ހުޝީ މިވަނީ އޭނާގެ އިންސްޓަގްރާމު ޕަބްލިކްކޮށްފަ އެވެ.

މިއޮއްހާ ދުވަހު އުމުރުން 20 އަހަރުގެ ހުޝީ ގެންގުޅުނީ ޕްރައިވެޓް އެކައުންޓެއް ނަމަވެސް އިންސްޓަގްރާމު އެކައުންޓް ޕަބްލިކްކޮށްލިތާ މާގިނަ އިރުތަކެއް ނުވެ އެތައް ހާސް ފޮލޯވަރުންނެއް ވެސް ވަނީ ލިބިފަ އެވެ. އެގޮތުން މިހާރު ވެސް 113،000 އަށް ވުރެ ގިނަ ފޮލޯވަރުން ވަނީ ލިިބިފަ އެވެ. 

ހުޝީގެ އިންސްޓަގްރާމަށް ބަލާއިރު 2015 ވަނަ އަހަރުން ފެށިގެން އޭނާ ފެނިގެންދަނީ ވަރަށް އެކްޓިވްކޮށް އިންސްޓަގްރާމުގައި އުޅޭ މަންޒެރެވެ. އެގޮތުން އާއިލާއާއި ރަހުމަތްތެރިންގެ އިތުރުން އޭނާގެ ނަގާފައިވާ ލޯބި ސެލްފީތައް ވެސް ހުއްޓެވެ.

your imageހުޝީގެ އިންސްޓަގްރާމު--

ހުޝީގެ އިންސްޓަގްރާމުގައި އޭނާގެ ދައްތަ ޖާންވީ އާއި އަރްޖުން އަދި އަންޝުލާ އާއެކު ނަގާފައިވާ ފޮޓޯ ވެސް ހުއްޓެވެ. އަރްޖުން އާއި އަންޝުލާއަކީ ހުޝީގެ ބައްޕަގެ ފުރަތަމަ ކައިވެންޏަށް ލިބުނު ދެ ދަރިންނެވެ. އެ އާއިލާގެ މެދުގައި މައްސަލަތަކެއް އޮތް ނަމަވެސް ހުޝީގެ މަންމަ ސްރީދޭވީ، އުމުރުން 54 އަހަރުގައި ކުއްލި ގޮތަކަށް 2018 ވަނަ އަހަރު މަރުވި ފަހުން އެ އެންމެން ވެސް އުޅެމުން އަންނަނީ ވަރަށް އެކު އެކީގަ އެވެ. 

ހުޝީ ވެސް ބޭނުންވަނީ ފިލްމީ ދާއިރާއަށް ނިކުންނާށެވެ. އެހެންނަމަވެސް މިވަގުތު އަދި އޭނާ އަންނަނީ ކިޔަވަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް