ads
ޑަބްލިއުއެޗްއޯގެ ހެލްތު އެމަޖެންސީސް ޕްރޮގްރާމްގެ އެގްޒެކިއުޓިވް ޑިރެކްޓަރު، މައިކް ރަޔަން ---
ކޮރޯނާގެ އާ ސްޓްރެއިން: މާ ބޮޑު ނުރައްކަލެއް ނެތް: ޑަބްލިއުއެޗްއޯ
އިނގިރޭސިވިލާތުން ފެނުނު ކޮރޯނާ ވައިރަހުގެ އާ ސްޓްރެއިން އިން މާ ބޮޑު ނުރައްކަލެއް ނެތް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ބުނެފިއެވެ.

ޑަބްލިއުއެޗްއޯ އިން ކުރިއަށް ގެންދިޔަ އޮންލައިން ބްރީފިންގެ އެއްގައި ވާހަކަ ދައްކަވަމުން ޑަބްލިއުއެޗްއޯގެ ހެލްތު އެމަޖެންސީސް ޕްރޮގްރާމްގެ އެގްޒެކިއުޓިވް ޑިރެކްޓަރު، މައިކް ރަޔަން ވިދާޅުވީ މިފަދަ ހާލަތެއްގައި އާންމުންނަށް ކަން ހިނގަމުން އަންނަ ގޮތް ބުނެދޭން ޖެހޭނެ ކަމަށެވެ. އަދި ހަމަ އެފަދައިން އިނގިރޭސިވިލާތުން ފެނުނު ކޮރޯނާގެ އާ ސްޓްރެއިނަކީ މިފަދަ ވައިރަހެއް "އެވޯލް" ވުމުގެ ތެރޭ ހިމެނޭ އާންމު ކަމެއް ކަމަށް ރަޔަން ވިދާޅުވިއެވެ.

ރަޔަން ވިދާޅުވީ ސައިންސްވެރިންގެ އެހީއާއެކު ކަން ހިނގަމުން އަންނަ ވަގުތު މި ފަދަ ވައިރަހެއް އެވޯލްވާ ގޮތް ދެނެގަނެވޭ ކަމީ ރަނގަޅު ފާލެއް ކަމަށެވެ. އަދި އިނގިރޭސިވިލާތުން ފެނުނު ކޮރޯނާގެ އާ ސްޓްރެއިނާއި ގުޅިގެން މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، މި ސްޓެރިނަކީ ނުރައްކާތެރި ވައިރަހެއް ކަމަށް ނުބެލެވޭ ކަމަށް ރަޔަން ވިދާޅުވިއެވެ.

އިނގިރޭސިވިލާތުން ކޮވިޑްގެ އާ ސްޓެރިނެއް ފެނުމާިއ ގުޅިގެން އެކި ގައުމުތަކުން ވަނީ އެ ގައުމަށް ދަތުރު ކުރުން ހުއްޓާލާފައެވެ. އަދި މިކަމާ ގުޅިގެން ސައުދީންވަނީ އުމްރާ ދަތުރުތައްވެސް ވަގުތީ ގޮތުން މެދުކަނޑާލާފައެވެ. 

އީޔޫގައި ހިމެނޭ ގިނަ ގައުމުތަކުންވެސް ވަނީ އިނގިރޭސި ވިލާތަށް ކުރާ ދަތުރުތައް ހުއްޓާލާފައެވެ. މިކަމާ ގުޅިގެން އީޔޫއިން މިއަދު ވަނީ އެ ޖަމިއްޔާގެ މެންބަރު ގައުމުތަކުން އިނގިރޭސިވިލަށް ދަތުރުކުރުމައި އަޅާފައިވާ ފިޔަވަޅުތައް ނެގުމަށް އެދިފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް