ads
މާސްކު އަޅާއިގެން ހުރި މީހެއްގެ ކުރެހުމެއް ---
މާސްކް އެޅުމުން މޫނުގައި ބިހި ނަގާތަ؟ މިއީ ކުޑަ ހައްލެއް!
ކޮވިޑް 19 އާއި ގުޅިގެން ގެއިން ބޭރަށް ނިކުންނަ އިރު މާސްކު އެޅުން މިހާރު މިވަނީ މަޖުބޫރުުވެފައެވެ. ދަތިތަކެއް ހުރި ނަމަވެސް އަމިއްލަ ރައްކާތެރިކަމަށް މިއީ މުހިއްމު ފިޔަވަޅެކެވެ. އެއާއެކު ގިނަ ބަޔަކަށް މިވަނީ މާސްކު އަޅައިގެން ގިނައިރު އުޅުމުގެ ސަބަބުން މޫނުމަތީ ނަގާ ބިއްސާ ހަނގުރާމަ ފަށަން ޖެހިފަ އެވެ.

މާސްކު އަޅައިގެން ގިނައިރު އުޅުމުގެ ސަބަބުން މޫނުގައި ބިހި ނެގުން ހުއްޓުވުމަށް އަމިއްލައަށް ކުރެވޭ އެކިކަންކަން ހުރެއެވެ. 

ތިރީގައި މިވަނީ މާސްކު އަޅައިގެން ގިނައިރު އުޅުމުން ހަންގަނޑަށް ދިމާވާ އެކި އުނދަގޫތަކުން ސަލާމަތް ވުމަށް ކުރެވިދާނެ ހަަ ކަމެކެވެ.

  • މޫނުމަތި ސާފުކޮށް، ގަވައިދުން މޮއިސްޗަރައިޒާ ބޭނުން ކުރުން: މާސްކު އަޅައިގެން ގިނަ ވަގުތު އުޅުމުގެ ސަބަބުން ހިރަފުހާއި ތެޔޮ މާސްކު ދަށުގައި ބެދޭގޮތްވެއެވެ. މިއީ މޫނުމަތީ ބިހި ނަގާ އެއް ސަބަބެވެ. މިކަމުން ސަލާމަތް ވުމަށް މޫނު ދޮވުމަށް ހާއްސަ "ކެލްންސާ" އެއް ބޭނުން ކުރުން މުހިއްމެވެ. އަދި މާސްކު އެޅުމުގެ ކުރިންވެސް މޫނުމަތި ސާފު ކުރުމަކީ ހަންގަނޑު ރައްކާތެރިކުރުމަށް އެޅެނެ ފިޔަވަޅެކެވެ. މޫނުމަތި ދޮވުމަށް ފަހު މޮއިސްޗަރައިޒާ ބޭނުން ކުރުމުން ހަންގަނޑު ހައިޑްރޭޓްވެ، މާސްކާއި ހަންގަނޑާ ދެމެދު ފަށަލައެއް ލެވެއެވެ.

your imageމޫނު މަތި ސާފު ކުރަނީ ---

  • ތުންފަތުގައި ޕެޓްރޯލިއަމް ޖެލީ އުނގުޅުން؛ މާސްކު އަޅާއިގެން ގިނައިރު އުޅުމުގެ ސަބަބުން ތުންފަތް ހިކުމަކީ ގިނަމީހުންނަށް ދިމާވާކަމެކެވެ. ތުންފަތް ހިކުމުން ސަލާމަތް ވުމަށް ލިޕް ބާމް ނުވަތަ ޕެޓްރޯލިއަމް ޖެލީ (ވެސްލިން) ފަދަ އެއްޗެއް އުނގުޅުމުން ތުންފަތް ނުހިކި ގިނައިރު ހުންނާނެއެވެ. އެގޮތުން މޫނު ދޮވުމަށް ފަހު، މާސްކު އެޅުމުގެ ކުރިން އަދި ނިދުމުގެ ކުރިން ތުންފަތުގައި ޕެޓްރޯލިއަމް ޖެލީ ހޭކުން މުހިއްމެވެ.
  • މޭކަޕް ނުކުރުން؛ މޭކަޕް ކުރުމަށްފަހު ގިނަވަގުތު މާސްކު އަޅައިގެން އުޅުމުން މޫނުމަތީގެ ޕޯސްތައް ބަންދުވެ، މޫނުގައި ގިނައިން ބިހި ނެގުމަށް މަގުފަހިވެއެވެ. އެހެން ކަމުން މޭކަޕް ނުކޮށް އުޅެވޭނެ ނަމަ މިއީ ކުރަން ރަނގަޅު ކަމެކެވެ. ނަމަވެސް ކޮންމެހެން މޭކަޕް ކުރަން ޖެހިއްޖެ ހާލަތެއްގައި "ނޮން-ކޮމީޑެޖެނިކް" ޕްރޮޑަކްސް ބޭނުން ކުރުމަށް ހަމުގެ ޑޮކްޓަރެއް ކަމަށްވާ ޑެނިއެލާ ކްރޮޝިންސްކީ ބުނެއެވެ.

your imageމޭކަޕް ކުރަނީ --

  • އާ ސްކިންކެއާ ޕްރޮޑަކްޓްސް ބޭނުން ނުކުރުން؛ ކުޑަ ވަގުތުކޮޅަކަށް ނަމަވެސް މާސްކު އަޅާއިގެން އުޅުމަކީ ހަންގަނޑު އިތުރަށް ސެންސިޓިވް ވާކަމެކެވެ. އާ ޕްރޮޑަކްޓެއް ބޭނުން ކުރަން ފަށާއިރު، އެ ޕްރޮޑަކްޓަކުން ހަންގަނޑަށް ކުރާނެ އަސަރަކީ ދެނެގަނެވޭނެ ކަމެއް ނޫނެވެ. އެހެން ކަމަށްވާނަމަ ހަންގަނޑަށް އިތުރު ގެއްލުންތަކެއް ލިބިދާނެތީ އާ ޕްރޮޑަކްޓުތައް ހޯދުމަކީ އެންމެ ބުއްދިވެރި ނިންމުމަކަށް ނުވެދާނެއެވެ.
  • ހަންގަނޑަށް އުނދަގޫވާ ސްކިން ކެއާ ޕްރޮޑަކްޓްސް ބޭނުން ނުކުރުން: މާސްކު އަޅާއިރު އާންމުކޮށް ސްކިން ކެއާގެ ގޮތުގައި ބޭނުން ކުރާ އެކި ޕްރޮޑަކްޓްތައް ބޭނުން ކުރުމުން ބައެއް ފަހަރު ހަނގަނޑަށް އެކި އުނދަގޫތަކާ ކުރިމަތިވެއެވެ. މިފަދަ ޕްރޮޑަކްޓައް ބޭނުން ކުރުން ހުއްޓާލުން، ނުވަތަ މަދު ކުރުމުން މިފަދަ އުނދަގޫތަކުން ދުރުވެވިދާނެއެވެ.
  • ހަޑިވެފައި ހުންނަ މާސްކު ބޭނުން ނުކުރުން: ބޭނުން ކޮށްފައިވާ މާސްކުގައި ހިރަފުހާއި، މޫނުން ތެޔޮ ފަދަ ތަކެތި ހޭކިފައި ހުރެދާނެއެވެ. އަދި މޭކަޕް ކުރާނަމަ މޭކަޕްގައި ހުންނަ އެކި އެއްޗެހިވެސް މާސްކުގައި ހޭކޭނެއެވެ. މިކަމުގެ ސަބަބުން ހަންގަނޑަށް އެކި އުނދަގޫ ކުރިމަތިވެދާއެވެ. މިކަމުން ދުރުވުމަށް އަބަދުވެސް ރީތި ނުވަތަ ދޮވެފައިވާ މާސްކެއް ބޭނުން ކުރުން މުހިއްމެވެ. އަދި ފޮތި މާސްކު ބޭނުން ކުރާނަމަ ގަވައިދުން މާސްކު ދޮވުމަކީ މުހިއްމު ކަމެކެވެ.

your imageހިއްކަން އަޅާފައިވާ ފޮތި މާސްކު ތަކެއް---

މާސްކު އަޅައިގެން ގިނަ ވަގުތު އުޅުުމުގެ ސަބަބުން ހަންގަނޑަށް މާ ބޮޑެތި އުނދަގޫތަކާ ކުރިމަތިވާނަމަ އެންމެ ބުއްދިވެރިގޮތަކީ ހަމުގެ ޑޮކްޓަރެއްގެ ލަފާ ހޯދުމެވެ. ނަމަވެސް މަތީގައިވާ ހަ ކަމަކީ އަމިއްލައަށް މިކަމުން ރައްކާތެރިވުމަށް ކުރިވެދާނެ ކުދިކުދި ބައެއް ކަންކަމެވެ.

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް