ads
އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފު މަޖިލިސް ކޮމެޓީއެއްގައި-- ފޮޓޯ: ސަން
މާޗުގައި ކައުންސިލް އިންތިހާބު ބާއްވަން އީސީ އޮތީ ފުރިހަމައަށް ތައްޔާރުވެފައި: ޝަރީފް
އަންނަ މާޗް މަހުގެ ތެރޭގައި ލޯކަލް ކައުންސިލް އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

ޝަރީފް މިއަދު "ސީއެންއެމް" އަށް ވިދާޅުވީ އަންނަ މާޗު މަހުގެ ހައެއް ނުވަތަ 23 ގައި އިންތިހާބު ބާއްވުމަށް އީސީން މަސައްކަތް ކުރަމުން އަންނަ ކަމަށާއި އެގޮތުން އެ އިންތިހާބަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއް ވެސް ނިމިފައިވާ ކަމަށެވެ. 

މިއަހަރުގެ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ގާނޫނަނާއެކު އެވެ. އެގޮތުން އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. 

ޝަރީފް ވިދާޅުވީ މާޗް މަހުގެ ހަ ވަނަ ދުވަހު އިންތިހާބު ބާއްވަން އިދާރީގޮތުން ކޮމިޝަނުން ހުރިހާ ތައްޔާރީތަކެއްވުމަށް ފަހު ވަނީ އެޗްޕީއޭއާއެކު މަޝްވަރާކޮށްފައި ކަމަށެވެ. އެގޮތުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެވޭނީ ކޮންއިރަކުތޯ ބެލުމަށް އެ ބައްދަލުވުން ބޭއްވިއިރު ޝަރީފް ވިދާޅުވީ އެ ބައްދަލުވުމުން ވެސް އެއް ނަތީޖާއަކަށް ވާސިލުވެވިފައި ނުވާ ކަމަށެވެ. 

ޝަރީފް ވިދާޅުވީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަދި އުވާލެވެން ނެތް ކަމަށާއި އަދި އުވާލެވޭނެ ސީދާ ދުވަހެއް ވެސް ނޭނގޭ ކަމަށް އެޗްޕީއޭ އިން ބުނެފައިވާ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާތައް ތަޖުރިބާރުންނާއެކު ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ. 

އިންތިހާބު އަންނަ އަހަރަށް ފަސްކޮށްފައިވާއިރު އަދިވެސް އިންތިހާބަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ދީފައެއްނުވެ އެވެ. އަދި އިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަންނަނީ ކެމްޕެއިން ކުރުމުގެ ފުރުސަތު ނެތުމުން އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް