ads
ކާނިވާ ސަރަހައްދުގައި މީގެކުރިން ޕީޕީއެމް އިން ބޭއްވި ޖަލްސާއެއްގެ ތެރެއިން-
ޕީޕީއެމްގެ ޖަލްސާއަށް ކާނިވާ ސަރަހައްދުގައި ހުރި ސައިކަލްތައް ނަގަނީ!
އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން އަންނަ ހޮނިހިރު ދުވަހު، "ވިސްނާ" ގެ ނަމުގައި ކާނިވާ ސަހަރަހައްދުގައި ބާއްވާ ޖަލްސާއަށް އެ ސަރަހައްދުގައި ހުރި ސައިކަލްތަށް ފުލުހުން ނަގާނެ ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

ޕްރޮގްރެސިވްް ކޯލިޝަނުގެ މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޯލިޝަނުން ވަނީ ހޮނިހިރު ދުވަހު "ވިސްނާ" ގެ ނަމުގައި ބާއްވަން ނިންމާފައިވާ ބައްދަލުވުން ކާނިވާ ސަރަަހައްދުގައި ބާއްވަން ސިޓީ ކައުންސިލުން މިއަދު ހުއްދަދީފައިވާކަން އިއުލާން ކޮށްފައެވެ. 

އަދި ޖަލްސާ  ބޭއްވުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން މޯލްޑިވްސް ޕޮލިސް ސާވިސްއާއި މަޝްވަރާތައް ކުރެވިފައިވާ ކަމަށާއި ޖަލްސާ ބޭއްވުމަށްޓަަކައި ކާނިވާ ސަރަހައްދުގައި ވެހިކަލްތައް ނެގުމުގެ މަސައްކަތްތައް މިއަދަު ފުލުހުން ކުރިއަށް ގެންދާނެ ކަމަށް ބުނެފައިވެއެވެ.

"ދާދި ދެންމެެއަކު އަޅުގަނޑުމެންގެ އިވެންޓް ޑިޕާޓްމެންޓާއި، ނައިބު ރައީސް ޝިޔާމް ހިމެނޭ ގޮތުން މިއައީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ދައުވަތަކަށް އިސްކަންދަރު ބިލްޑިންގުގައި މި ޖަލްސާއާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން ހިއްސާކުރަންޖެހޭ ބައެއް މައުލޫމާތުތަށް ނިންމާފަ އަޅުގަނޑުމެން މިއައީ އޭގެ ތެރެގައި އިލްތިމާސްކޮށް ދަންނަވާލަން ޖެހޭ ބައެއް ވާހަކަތައް އެބަހުރި. އެގޮތުން އެސަރަހައްދު މިހާރު ހުރިހާ ވެހިކަލްތައް ކާނިވާ ސަރަހައްދުގެ ޗެންޗޭނުގައި ހިމެނޭ ވެހިކަލްތައް ނެގުމުގެ މަސައްކަތްތައް މިއަދަު ފުލުހުން ކުރިއަށް ގެންގޮސްދެއްވާނެ ކަމަުގެ ޔަގީންކަން ފުލުހުންގެ ފަރާތުން އަޅުގަނޑުމެންނަށްް ވަނީ ދެއްވާފަ " ބައްދަލުވުމުގެ ބައިވެރިން ވިދާޅުވިއެވެ

ކޯލިޝަނުން ވަނީ ޖަލްސާއަށް ވަޑައިގަންނަވާ ހުރިހާ މީހުންގެ ވެހިކަލްތައް ސަލްމާން މިސްކިތުގެ އުތުރުން ހެދިފައިވާ ޕާކިން ޒޯނުގައި ޕާކުކުރުމަށް އެދިފައެވެ. އަދި ތާރު މަގުގައި ޕާކު ނުކުރުމަކީ ފުލުހުންނާއި ކޯލިޝަންގެ އެދުމެއްކަމަށް ވެސް ވަނީ ބުނެފައެވެ.

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
33%
ވަރަށް ސަލާމް
ކޮމެންޓްސް