ads
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވައިޓް ހައުސްއަށް ވަޑައިގެން މާސްކު ނަންގަވަނީ--
އިސްރާއީލާއެކު ގުޅުންބަދަހިކުރުމަށް އެހީތެރިވެދިން ފަރާތްތަކަށް ޓްރަމްޕްގެ ހާއްސަ އެވޯޑެއް
އިސްރާއީލާއި އަރަބި ގައުމުތަކާއިމެދު ގުޅުންބަދަހިކުރުމުގެ އެއްބަސްވުންތައް އެކުލަވާލުމުގައި ހަރަކާތްތެރިވި އިސް ފަރާތްތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަންޕު ހާއްސަ އެވޯޑެއް ދެއްވައިފިއެވެ.

މި ނޭޝަނަލް ސެކިއުރިޓީ މެޑަލް އަރުވާފައިވަނީ އެމެރިކާގެ ހާރިޖީ ވަޒީރު މައިކް ޕޮންޕެއޯއަށާއި ޓްރެޝަރީ ސެކެޓްރީ ސްޓީވެން ނޫޝިންއަނާއި ގައުމީ ސަލާމަތާއިބެހޭ މުސީރު ރޮބާޓް އޯ ބްރިއެންގެ އިތުރުން އިސް މުޝީރު ޖެރެޑް ކުޝްނާއަށެވެ. އަދި މީގެ އިތުރުން، މެދުއިރުމައްޗަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އާވީ ބާކޮވިޓްޒް، އިސްރާއީލަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ފްރީޑްމަން އަދި ޔޫއޭއީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޖޯން ރަކޮލްޓާއަށްވެސް ޓްރަންޕު ވަނީ މި އެވޯޑް އަރުވާފައެވެ.

އެމެރިކާގެ ރިޔާސީ އިދާރާ، ވައިޓު ހައުސުން ނެރުނު ބަޔާނެއްގައި ބުނީ އެވޯޑު އަރުވާފައިވާ ބޭފުޅުންގެ މަސައްކަތުން މާޒީގެ މައްސަލަތަކުން އަރައިގަނެ މުޅި ސަރަހައްދަށް ބޮޑު ބަދަލެއް އައިސްފައިވާކަމަށެވެ.

ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި އެމެރިކާގެ އެހީތެރިކަމާއެކު ހަތަރު އަރަބި ގައުމަކުންވަނީ އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް އެއްބަސްވެފައެވެ. އެގޮތުން ޔޫއޭއީއާއި ބަހުރައިނާއި ސޫދާނާއި މޮރޮކޯއިންވަނީ އިސްރާއީލާއެކު އެފަދަ އެއްބަސްވުންތައް ގާއިމްކޮށްފައެވެ. ޖަނަވަރީ މަހުގެ 20ވަނަ ދުވަހުގެ އެމެރިކާގެ ވެރިކަން ދޫކުރައްވާ ރައީސް ޓްރަންޕު ވަޑައިގަތުމުގެ ކުރިން އިތުރު އެއް އަރަބި ގައުމާއެކު އެފަދަ އެއްބަސްވުމަކާއި ހަމައަށް އައުމަށް އެމެރިކާއިން އުންމީދުކުރެއެވެ.

އަރަބި ގައުމުތަކުން އިސްރާއީލާއެކު ގުޅުންބަދަހި ކުރާތީ ފަލަސްތީނުންވަނީ އެކަމާމެދު ވަރަށް ބޮޑަށް ނުރުހުން ފައުޅުކޮށްފައެވެ. އެ އެއްބަސްވުންތަކާއިމެދު ފަލަސްތީނުން ބުނަމުންދަނީ އިސްރާއީލުން އިސްތިއުމާރުކޮށްފައިވާ އެ ގައުމުގައި މިނިވަން ދައުލަތެއް ގާއިމްކުރުމަށް ކުރަމުންދާ މަސައްކަތަށް އިސްރާއީލާއެކު ގުޅުންބަދަހިކުރާ އަރަބި ގައުމުތަކުގެ ސަބަބުން ހުރަސްއެޅޭކަމަށާއި އެ ގައުމުތަކުން ފަލަސްތީނަށް ދޯކާދެނީކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް