ads
މެމްބަރު އާދަމް ޝަރީފް އުމަރު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުން ވަނީ މަރުތަޅު އަޅުވާފައި: އާދަމް ޝަރީފް އުމަރު
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރުން ވަނީ "މަރުތަޅު" އަޅިވާފައި ކަމަށް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިހެން ވިދާޅުވީ، ކައުންސިލް އިންތިހާބު ބޭއްވުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީންވެސް ގާނޫނަށް ބޯލަނބަން ޖެހޭކަމަށް އިލެކްޝަން ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވުމާއި ގުޅިގެންނެވެ. 

އާދަމް ޝަރީފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިހާބު ބާއްވަން އެކަޝީގެންވާ ބަޖެޓެއް ނުދީ ސަރުކާރުން ވަނީ އިންތިހާބުގައި މަރުތަޅު އަޅުވާފައި ކަމަށެވެ. އަދި ކޮވިޑުގެ ތެރޭގައި އިންތިހާބު ނުބާއްވާ ގޮތަށް ގާނޫނަށް ގެނައި ބަދަލުތަށް އިސްލާހު ކޮށްގެންވެސް، އަންނަ އަހަރުގެ މާޗު މަހުގައި އިންތިހާބު ބާއްވަން ޖެހޭކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. 

މިއަހަރުގެ އޭޕްރީލް ހަ ވަނަ ދުވަހު ބާއްވަން އޮތް ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރީ ކޮވިޑް-19 އާ ގުޅިގެން ހާއްސަ ގާނޫނަނާއެކު އެވެ. އެގޮތުން އެ އިންތިހާބު ބޭއްވޭނީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ. 

އިންތިހާބާއި ގުޅޭގޮތުން ސީއެންއެމްއަށް އެންމެފަހުން މައުލޫމާތު ދެއްވަމުން ޝަރީފް ވިދާޅުވެފައިވަނީ، އަންނަ އަހަރުގެ މާޗު 6 ނުވަތަ 23 ގައި އިންތިހާބު ބޭއްވުމަށް އިދާރީގޮތުން ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައި ވާ ކަމަށެވެ. ނަމަވެސް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް ގެނެވޭނީ ކޮންއިރަކުތޯ ބެލުމަށް އެޗްޕީއޭ އާއިއެކު ކުރެވުނު މަޝްވަރާތަކުން ނަތީޖާއަކަށް ވާސިލް ވެވިފައި ނުވާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް