ads
ދިރާގުން ކުރިއަށް ގެންދިޔަ ހަފްލާގެ ތެރެއިން---
ގިނަ ދުވަހު ދިރާގަށް ހިދުމަތްކުރި މުވައްޒަފުންގެ އަގުވަޒަންކޮށްފި
ގިނަ ދުވަސްތަކަކަށް ދިރާގަށް ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށްފި އެވެ.
Advertisement

ދިރާގުން ވަނީ އެ ހަފްލާގައި ވޭތުވެދިޔަ 10 އަހަރާއި، 20 އަހަރާއި، 25 އަހަރުވަންދެން އެކުންފުންޏަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށްފަ އެވެ.

ކުރީ އަހަރުތަކާއި ހިލާފަށް، ކޮވިޑް-19 އާއި ގުޅިގެން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުގެ ގޮތުން މިއަހަރުގެ ހަފްލާ ކުރިއަށް ގެންގޮސްފައިވަނީ ވާޗުއަލްކޮށެވެ. މި ހަފްލާގައި 200 އަށް ވުރެ ގިނަ މުވައްޒަފުން ބައިވެރިވެފައިވެ އެވެ.

މި ހަފްލާ ވާޗުއަލްކޮށް ބާއްވަން ނިންމީ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ކަމަށާއި، އެކުންފުނީގައި މަސައްކަތްކުރާ ހުރިހާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަކީ އެންމެ މުހިންމު އެއް ކަންތައްތައް ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

ހަފްލާ ޝަރަފުވެރިކޮށްދެއްވައި، ދިރާގުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިސްމާއީލް ރަޝީދު ވަނީ އެކުންފުންޏަށް ގިނަ ދުވަހު ހިދުމަތް ކޮށްދިން މުވައްޒަފުންނަށް މަރުހަބާ ދަންނަވައި، އެ މުވައްޒަފުން ކޮށްދިން މަސައްކަތްތަކަށް ޝުކުރު ދަންނަވާފަ އެވެ. އަދި އެ މުވައްޒަފުންގެ އާއިލާތަކަށްވެސް ޝުކުރު ދަންނަވާފައިވެ އެވެ.

މި ހަފްލާގައި، ދިރާގަށް 65 މުވައްޒަފެއް ކޮށްދީފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށްފައިވާ އިރު، އެ މުވައްޒަފުން ވަނީ ހަފްލާގެ ބައިވެރިންނަށް އެ މުވައްޒަފުންގެ ތަޖުރިބާތައް ހިއްސާކޮށްފަ އެވެ.

މީގެ ކުރިންވެސް ދިރާގުން ވަނީ އެކުންފުންޏަށް އެކި ގޮތްގޮތުން ހިދުމަތްކޮށްދިން މުވައްޒަފުންގެ އަގުވަޒަންކޮށްފަ އެވެ

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް