ads
ރޭ މުޒާހަރާކުރު ޒުވާނުން މަގުމަތި ސާފުކުރަނީ
މުޒާހާރާކުރި ޒުވާނުން ނިންމާފައި ދިޔައީ މަގުވެސް ސާފުކޮށްފައި
މާލޭގައި ހުންނަ ގެއެއްގެ ފުރާޅެއްގެ މައްޗަށް ވެއްޓިފައި އޮތް ޒުވާން އަންހެން ކުއްޖާ އިންސާފު ހޯދާދިނުމަށް ގޮވާލާ ރެ ވަނި ގިނަ އަދެދެއްގެ ޒުވާނުން މަގު މައްޗަށް ނުކުމެފައެވެ.
Advertisement

އަންހެން ކުއްޖާއަށް އިންސާފު ހޯދާދިނުމަށް ގޮވާލާ ގިނަ އަދަދެއްގެ ޒުވާނުން ރޭ ނުކުތީ "އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިން" ކުރިމައްޗަށެވެ. އެ ޒުވާނުން ވަނީ އަންހެން ކުއްޖާއަށް އިންސާފު ހޯދާދީ ވަކި ބަޔަކަށްވީމާއި ތަފާތުކުރުން ނުގެންގުޅުމަށް ގޮވާލާ އަޑު އުފުލާފައިވެއެވެ. 

އެ ޒުވާނުން ގޮވަމުން ދިޔައީ ބޮޑު މީހާއަށް ބޮޑުގޮތް ކުޑަ މީހައަށް ކުޑަ ގޮތް ހެދުން ދޫކޮށްލުމަށެވެ. މި ޒުވާނުން ވަނީ ފުލުހުންގެ އިންވެސްޓިގޭޝަން އިމާރާތް ގާޑު ކުރަން ތިބި ފުލުހުންނާނައި ދިމާލަށް ފައިސާވެސް އުކާފައެވެ. ފުލުހުންނާ ދިމާލަށް އުކާފައިވަނީ ދިވެހި ރުފިޔާއެވެ. ފައިސާ އުކި ނަމަވެސް، ފުލުހުން އެ ފައިސާތައް ނުނަގައެވެ. 

ފައިސާ އުކުމުގެ ކުރިން އެއްވެ ތިބި ޒުވާނުން ވަނީ "މަނީ މާނީ! ޔެސް ސާ" ފަދަ ޝުއޫރުތައް ގޮވާފައެވެ. އެ ޒުވާނުންގެ ޝުއޫރަކީ ފައިސާއަށް ދިވެހި ފުލުހުންގެ ތަހުގީގުގެ ނަތީޖާ ބަދަލުވާކަމެވެ.

ގިނަ އަދަދެއްގެ ޒުވާނުން ނުކުތް މި އިހްތިޖާޖު ކުރިޔަށް ގެންގޮސްފައިވަނީ ސުލްހަވެރިކަމާއިއެކުއެވެ. މުޒާހަރާއަށް ފަހު ޒުވާނުންގެ ފަރާތުންވެސް ފެނުނީ ޒިންމާދާރު ކަމެކެވެ. 

ސުލްހަވެރިކަމާއި އެކު ކުރި މުޒާހަރާ ނިންމާލާ ޒުވާނުން އެތަން ދޫކޮށް ދިޔައީ އެ ސަރަހައްދު ސާފުވެސް ކުރުމަށްފަހުއެވެ. އެގޮތުން އެތަނުގައި ބޭނުންކުރި ފެންފުޅިތަކާއި އެހެނިހެން ބޯޑުތަކާއި ތަކެތި މަގުމަތުން ނަގާ މަގު ސާފުކޮށް ކުނިތައްވެސް ހިފައިގެންނެވެ. މީ މިހާތަނަށް މުޒާހަރާއަކުން ފެނިފައި ނުވާކަމެކެވެ. 

މުޒާހަރާއަށް ފަހު މަގު ސާފުކޮށްފައި ޒުވާނުން ދިޔަ ނަމަވެސް އެ ޒުވާނުން ބުނީ މި މައްސަލާގައި އިންސާފު ލިބެންދެން އަޑު އުފުލާނެކަމަށެވެ. އެކަން ދޫކޮށް ނުލާނެކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް