ads
ދާއޫދު އަހްމަދާއި (ކ) އިޒްދިޔާން މުހައްމަދު މައުމޫން
އެންމެފަހުން އިޒްދިޔާން މުހައްމަދު މައުމޫން މަގާމުން ވަކިކޮށްފި
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓެޖިކް ކޮމިޔުނިކޭޝަން މަގާމުގައި ހުރި އިޒްދިޔާން މުހްއްމަދު މައުމޫން، އެ މަގާމުން ވަކިކޮށްފިއެވެ.
Advertisement

އޭނާ މަގާމުން ވަކިކޮށްފައި މިވަނީ މަސްތުވެ ޕާޓީކުރުމުގެ ތުތުމަތު އަމާޒުވެ އެތައް ބައެއްގެ ފާޑިކިޔުންތައް ސަރުކާރަށް އަމާޒުވުމުންނެވެ. 

އިޒްދިޔާން މުޙައްމަދު މައުމޫން މަގާމުން ވަކިކުރުި ނަމަވެސް ހަމަ އެ ތުހުމަތުތައް އަމާޒުވި ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުންނެވި ދާއޫދު އަހުމަދު ޒިލާލް ކުރީ ސަސްޕެންޑްއެވެ، ރައީސް އޮފީހުގެ ތަރުޖަމާނު ހިީނާ ވަލީދު ވިދާޅުވީ ދާއޫދު ސަސްޕެންޑްކުރީ މުސާރަ ނުލިބޭ ގޮތަށްކަމަށެވެ. 

އަދި ދިވެހި ޒުވާނުންގެ ޤައުމީ ލަފާދޭ ކޮމިޓީ"ގެ ރައީސް ކަމުގެ މަގާމުން އިސްތިއުފާދިނުމަށް ދާއޫދު ހުށައަޅާފައިވާތީ އެމަގާމުންވެސް ވަކިކޮށްފައިވާކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް އޮފީހުގެ އަންޑާ ސެކްރެޓެރީ ފޯ ޑިޖިޓަލް ސްޓްރެޓެޖީގެ މަގާމުގައި ހުރި ދާއޫދު އަހުމަދާއި އަންޑާ ސެކްރެޓެރީ ފޯ ސްޓްރެޓީޖިކް ކޮމިއުނިކޭޝަންގެ މަގާމުގައި ހުރި އިޒްދިޔާން މުހައްމަދު މައުމޫން ޕާޓީކުރާ ކަމަށް ބެލެވޭ ވީޑިއޯތަކެއް މީސްމީޑިއާގައި ވަނީ އާއްމުވެފައެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް