
އަންހެން ކުއްޖާ ވެެއްޓުނު މައްސަލާގައި ފުލުހުންނަށް ފާޑުކިޔުން އަމާޒުވީ އަންހެން ކުއްޖާގެ ވަނަވަރު ހާމަކުރުމަށްފަހު އެ މައްސަލާގައި ދެން ހިމެނޭ މީހުްނގެ ވަނަވަރުތައް އާއްމު ނުކުރުމުންނެވެ. އަދި އަންހެން ކުއްޖާ ކައިރީގައި އެރޭ އުޅުނު ރައުދު އަހްމަދު ޒިލާލް މަތުވާތަކެތި ބޭނުންކޮށްފައިވާކަން އެނގޭއިރުވސް މިހާތަނަށް އެނާ ހައްޔަރުކޮށްފައި ނުވާތީއެވެ.
މި ފާޑުކިޔުންތަކުން ސަލާމަތްވުމަށް ފުލުހުންގެ ކޮމިޝަނަރު އަލީ ޝުޖާއު އާއި ޑެޕިއުޓީ ކޮމިޝަނަރު އިސްމާއިލް ނާވީން ނޫސްވެރިންނާއި ބައްދަލުކޮށް ވަނީ އެރޭގެ ސީސީޓީވީ ފުޓެޖްތަކެއް ދައްކާފައެވެ. މި ފުޓޭޖްތަކުގައި އަންހެން ކުއްޖާ ވެއްޓުނު ގެއަށް އެ ދެ ޒުވާނުން އެގެއަށް އަރައިގެން ދާތަނާ އެގޭ ސިޑީމަތީގައި ބަދު އަހްލާގީ އަމަލުތައް ހިންގާ މަންޒަރުތައްވެސް ވަނީ އާއްމުކޮށްފައެވެ. އަދި ވިކްޓިމް ފެންނަ އެތައް މަންޒަރެއްވެސް މިއަދު ވަނީ އާއްމުކޮށްފައެވެ.
ފުލުހުން މިއަދު އާއްމުކުރި ވީޑިއޯތަކެއް
ފުލުހުން އާއްމުކުރި މަންޒަރުތަކުން ފެންނަ ގޮތުގައި ރައުދުއާއި ޔުމްނު ފުރަތަމަ އަރަނީ އެ ގޭގެ 9 ވަނަ ފުލޯ އަށެވެ. އެއީ އެގޭގެ އެންމެ މައްޗެވެ. އެއަށް ފަހު ހަތްވަނަ ފުލޯއަށް ފައިބައި ދެ މީހުން ގައިގޯޅިވެ ޔުމްނު ލައިގެން ހުރި ޓީޝާޓް ބަލާ ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރުތައްވެސް ފެނެއެވެ. އޭގެ ފަހުން ރައުދު ލައިގެން ހުރި ޓީޝާޓު ބަލައި ޔުމްނުއަށް ދެއެވެ. އޭރު ޔުމްނު ލައިގެން ހުރި ޓީޝާޓު އޭރު އޮތީ ހަތްވަނަ ފުލޯގެ ބިންމަތީގައެވެ.
ކޮމިޝަނަރު އަލީ ޝުޖާއު މިއަދު ވަނީ މި މައްސަލާގައި ހިމެނޭ ރައުދު އަހްމަދު ޒިލާލް ވަނަވަރު ފުރަތަމަ ފަހަރަށް އާއްމުކޮށްފައެވެ. ކޮމިޝަނަރު އަލީ ޝުޖާއު ވިދާޅުވީ ޒިލާލް ހައްޔަރު ނުކޮށް ހުރީ މައްސަލަތަކުގައި ހައްޔަރުކޮށް މާގިނަ ދުވަހު ހުރުމުން މައްސަލަ ސާބިތު ނުވު މީހުން ދޫވަމުން އަންނާތީކަމަށެވެ.