
އަންހެން ކުއްޖާ ވެެއްޓުނު ހާދިސާގައި ދެން ހިމެނޭ މީހުން ވަނަވަރު ފުލުހުން އެންމެ ފަހުން އާއްމުކޮށްފައި މިވަނީ މިކަމުގައި އެތައް ބަޔަކު ފާޑުކިޔުންތައް އަމާޒުވުމުންނެވެ.
އެ އަންހެން ކުއްޖާއާއި އެކު ހުރި 21 އަހަރު އަނެއް ޒުވާނާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެ އޭނާ ބަދު އަހްލާގީ އަމަލު ހިންގާތަން ފެންނަ ވީޑިއޯ ހުރިކަމަށް ފުލުހުން ބުނި ނަމަވެސް މިހާތަނަށްވެސް އޭނާ ހައްޔަރުކޮށްފައެއް ނުވެއެވެ. އަދި އޭނާގެ ވަނަވަރުވެސް ފުލުހުން ނުބުނެއެވެ.
މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޮލިސް ކޮމިޝަނަރު އަލީ ޝުޖާއު ވަނީ މި މައްސަލާގައި ފުލުހުން ވަކިގޮތަކަށް އަމަލުކުރަމުން ނާންނަކަމަށް ވިދާޅުވެފައެވެ. ކޮމިޝަނަރު ވިދާޅުވީ މިކަން ހިނގުމުން އަންހެން ކުއްޖާ ވެެއްޓިފައިވާ އިމާރާތުގެ ސީސީޓީވީ ފުޓޭޖްތައް ބަލާ ޒިލާލްގެ ގެ ފޯނާއި އެއްޗެހި ހޯދީ ކޯޓު އަމުރެއްގެ ދަށުންކަމަށެވެ. އެގޮތުން އަންހެން ކުއްޖާ ކައިރީ ހުރީ ޒިލާލްކަން އެނގުމުން ކޯޓް އަމުރެއްގެ ދަށުން އޭނާގެ ފޯނު އަތުލާ އޭނާ ފުރުން މަނާކޮށްފައިވާކަމަށެވެ.
ދެން މި މައްސާލާގައި ހިމެނޭ މީހުން ވެސް ފުރުން މަނާކޮށްފައިވާކަމަށް ސީޕީ ޝުޖާއު ވިދާޅުވިއެވެ.
ތަފްސީލު އަންނަނީ...