ads
ދުންފަތުގެ އިސްތިއުމާލް ކުރުމުން ލިބޭ ގެއްލުން ދައްކުވައިދޭ އިންޒާރުގެ މަންޒަރުތަކެއް--
އިންޒާރުގެ ފޮޓޯ ނުޖަހައި ދުންފަތުގެ ބާވަތްތައް ވިއްކުން ޑިސެމްބަރުން ފެށިގެން މަނާ!
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިއްހަތުގެ އިންޒާރު ޖެހި ފޮޓޯ ހިމެނިފައި ނުވާ ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.
އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން ސިއްހަތުގެ އިންޒާރު ޖެހި ފޮޓޯ ހިމެނިފައި ނުވާ ދުންފަތުގެ ބާވަތްތައް ވިއްކުމަކީ މަނާ ކަމެއް ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ އަންނަ މަހުގެ އެއްވަނަ ދުވަހުގެ ފަހުން ފޮޓޯ ޖެހި ސިއްހަތުގެ އިންޒާރު ހިމެނިފައި ނުވާ ދުންފަތުގެ އެއްވެސް ބާވަތެއް ރާއްޖޭގައި ވިއްކުމަކީ ގާނޫނީ ގޮތުން މަނާ ކަމެއް ކަމަށެވެ.

ދުންފަތާއި ސިނގިރޭޓާއި ދެކޮޅަށް ރާއްޖޭގައި ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރުގެ ޖޫން މަހުން ފެށިގެން ވަކިން ސިނގިރޭޓް ވިއްކުން ވަނީ މަނާ ކޮށްފަ އެވެ.

އެވްރެޖު ގޮތެއްގައި ކޮންމެ އަހަރަކު ވެސް ރާއްޖެ އަށް 460 މިލިއަން ސިނގިރޭޓް އިމްޕޯޓް ކުރެ އެވެ. އެއީ އަހަރަކު 1.6 ބިލިއަން ރުފިޔާ އެވެ.

އެޗްޕީއޭ އިން ބުނާ ގޮތުގައި ރާއްޖޭގެ އާބާދީގެ 35 އިންސައްތަ ފިރިހެނުން އަދި ތިނެއް އިންސައްތަ އަންހެނުންނަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް