ads
މޯލްޑިވިއަންއިން ރާއްޖެއިން ބޭރަށް ކުރާ ދަތުރުތަކަށް ބޭނުންކުރާ ފްލައިޓެއް -- ފޮޓޯ؛ މޯލްޑިވިއަން
މޯލްޑިވިއަންއިން ކޮޗިންނާއި ޓްރެވިންޑްރަމްއަށް އިތުރު ދަތުރުތަކެއް އަޅަނީ
މި ހިނގާ ސްކޫލް ބަންދާ ދިމާކޮށް މޯލްޑިވިއަންއިން ކޮޗިންއާއި ޓްރެވިންޑްރަމްއަށް ކުރާ ދަތުރުތައް އިތުރުކޮށްފި އެވެ.
Advertisement

މޯލްޑިވިއަންއިން ޓްރިވެންޑްރަމްއަށް ފްލައިޓްތައް އިތުރުކުރީ މެއި، 6 އާއި މެއި، 10 އަދި މެއި، 20 ގައި ދަތުރު ކުރުމަށެވެ.

އެގޮތުން މާލެއިން ޓްރިވެންޑްރަމްއަށް ރޭގަނޑު 19:35 އަށް ޝެޑިއުލް ކުރިއިރު،، ޓްރިވެންޑްރަމްއިން މާލެއަށް އައުމަށް ޝެޑިއުލްކުރީ 22:20 އަށެވެ.

މޯލްޑިވިއަންއިން ކޮޗިންއަށް ފްލައިޓްތައް އިތުރުކުރީ މެއި، 8 އާއި މެއި، 17 އާއި މެއި، 21 އަދި ޖޫން، 19 ގައި ދަތުރު ކުރުމަށެވެ.

އަދި މި މަހުގެ 8 ވަނަ ދުވަހާއި، 17 ވަނަ ދުވަހާއި، 19 ވަނަ ދުވަހާއި 21 ވަނަ ދުވަހު ކޮޗިންނަށް އިތުރު ދަތުރުތަކެއް ކުރާނެ ކަމަށް ވެސް މޯލްޑިވިއަންއިން ބުނެ އެވެ. މާލެއިން ކޮޗިންއަށް ދަތުރު ކުރުމަށް ޝެޑިއުލްކޮށްފައިވަނީ ރޭގަނޑު 19:35 އަށެވެ. ކޮޗިންއިން މާލެއަށް ދަތުރު ކުރުމަށް ޝެޑިއުލްކޮށްފައިވަނީ 22:35 އަށެވެ.

މޯލްޑިވިއަން ޑިމާންޑް ބޮޑުވެ ފްލައިޓްތައް އިތުރުކޮށްފައިވާއިރު، ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ރާއްޖެ އާއި ރާއްޖެއިން ބޭރަށް ދަތުރު ކުރާ މަންޒިލްތަކަށް ވަކިވަކިން ޓިކެޓް ނަގަން ނުޖެހޭ ގޮތަށް ވެސް ވަނީ ހަދާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް