ads
އިލެކްޝަންސް ކޮމިޝަނުންގެ މެމްބަރުން
އީސީގެ މެމްބަރުން ބޮޑެތި އިނާޔަތްތަކާއެކު ރިޓަޔާވެވޭ ގަވާއިދު އުވާލައިފި
އިލެކްޝަންސް ކޮމިޝަންގެ މުވައްޒަފެއްގެ މަގާމުގައި ހުރުމަށްފަހު މެމްބަރުކަމަށް އައްޔަނުވުމަށްފަހު ރިޓަޔާވުމުން ބޮޑެތި އިނާޔަޔްތައް ލިބޭ ގަވައިދު އެ ކޮމިޝަނުން އުވާލައިފިއެވެ.

މިިދިޔަ ފެބްރުއަރީ މަހު އަމަލުކުރަން ފެށި އެ ގަވައިދު ބުނާގޮތުން އީސީގެ މުވައްޒަފެއްގެ މަގާމުގައި ހުރުމަށްފަހު މެމްބަރުކަމަށް އައްޔަނުވެ ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރުކަމުގެ މުއްދަތު ގުނައި، އިނާޔަތް ދިނުމަށެވެ. 

އެ ގަވައިދުގައި ބުނެފައިވަނީ ވަޒީފާ އިން ރިޓަޔާ ކުރާ ކޮންމެ މީހަކަށް މަހުން މަހަށް އެ މީހެއްގެ މުޅި އުމުރަށް ދެވޭ އިނާޔަތެއްގެ ގޮތުގައި އެ މީހަކު އެންމެ ފަހުން ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރައިގެ 75 ޕަސަންޓް ރިޓަޔާމަންޓް ޕޭގެ ގޮތުގައި ދޭންވާނެކަމަށެވެ. 

ރިޓަޔާ ކުރެވޭ ކޮންމެ މުވައްޒަފަކަށް އެއް ފަހަރާ ގަނޑުކޮށް ދެވޭ ފައިސާގެ އިނާޔަތެއްގެ ގޮތުގައި އެ މީހަކު ހުރި ރޭންކަށް ކަނޑައަޅާފައިވާ މުސާރަ އާއި ހިދުމަތް ކުރި އަހަރު ގުނަކުރުމުން ޖެހޭ އަދަދަށްވާ ފައިސާ އެއް ފަހަރާ އެ މީހަކަށް ލިބޭނެކަމަށް ގަވައިދުގައިވެއެވެ. އަދި އެ މީހަކު ހިދުމަތް ކުރި އަހަރު 15 އަހަރު ދުވަހަށް ވުރެ އިތުރުވާނަމަ އެއް ފަހަރާ ގަނޑުކޮށް ފައިސާ ދިނުމުގައި ބަލަނީ 15 އަހަރުގެ ހިދުމަތަށްކަމަށްވެސް އެ ގަވައިދުގައި ބުނެއެވެ. 

މުވައްޒަފަކު އުމުރުން 55 އަހަރުވުމުން ވަޒީފާއިން ރިޓަޔާވެ އިނާޔަތް ހޯދަން އެދިއްޖެނަމަ ދޭންޖެހެއެވެ. އަދި އުމުރުން 55 އަހަރުވުމުން ކޮމިޝަނަށްވެސް އެމީހަކު ރިޓަޔާކުރަން އެންގުމުގެ ބާރު ލިބެއެވެ. 

އީސީން ބުނީ އެ ގަވައިދު އުވާލީ ފިނޭންސް މިނިސްޓްރީން އެންގުމުން ކަމަށެވެ. އެ މިނިސްޓްރީން އެންގި އެންގުމުގައި ބުނެފައިވަނީ މުވައްޒަފެއްގެ މަގާމުގައި ހުރެ ކޮމިޝަންގެ މެމްބަރު ކަމަށް އައްޔަނުވުމުން ރިޓަޔާކުރާއިރު، ވަޒީފާގައި ދެމި ހުރި މުއްދަތުން ފަށައިގެން މެމްބަރު ކަމުގެ މުއްދަތު ގުނައި، ދަރަޖަ ކަނޑައެޅައިގެން އިނާޔާތް ނުދެވޭނެކަމަށެވެ. 

އިލެކްޝަންސް ކޮމިޝަންގައި މެމްބަރުންގެ ގޮތުގައި މިހާރު ތިއްބެވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގާއި ނައިބު ރައީސް އަލީ ނަޝާތާއި މެމްބަރު މުހައްމަދު އާސިފާއި މެމްބަރު ޑރ މުހައްމަދު ޒާހިރާއި މިިދިޔަ މަހު މެމްބަރުކަމަށް އައްޔަންކުރި މެމްބަރު ހަސަން ޒަކަރިއްޔާއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް