ads
ކްރިމިނަލް ކޯޓު----
ނުރައްކަލެއް ނެތް ކަމަށް ބުނެ ދޫކޮށްލި މީހުން އަލުން ހައްޔަރުކޮށްފި
ޑްރަގް އޮޕަރޭޝަނެއްގައި ހައްޔަރުކުރި ފަސް މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އަލުން އެމީހުން ހައްޔަރުކޮށްފި އެވެ.
Advertisement

ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހުގެ 21:38 ހާއިރު ޑްރަގް އިންޓެލިޖެންސްއިން ލިބުނު މައުލޫމާތަކާއި ގުޅިގެން ކޯޓް އަމުރެއްގެދަށުން ކ.މާލެ، ހ. ވައިފިނި ގޭގެ ހަ ވަނަ ފްލޯ ބަލާފާސްކުރި ކުރުމުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ މަނާ ބޭސް ކަމަށް ޝައްކުކުރެވޭ ބޭސްތަކަކާއި ބަނގުރާކަމަށް ޝައްކުކުރެވޭ ދިޔާ އެއްޗެއް ހުރި ފުޅި އަކާއި ގިނަ އަދަދެއްގެ ފައިސާ ފުލުހުންގެ ބެލުމުގެ ދަށަށް ގެނަ އެވެ. އަދި އެ މައްސަލައިގައި ހަތް މީހަކު ހައްޔަރު ކުރި ނަމަވެސް ފަހުން ދެ މީހުން ދޫކޮށްލި އެވެ. 

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ކޯޓުން އެމީހުން ދޫކޮށްލަން ނިންމި ނިންމުން އިސްތިއުނާފް ކުރުމަށް ފަހު ހައި ކޯޓުން ނިންމާފައި ވަނީ ކްރިމިނަލް ކޯޓްގެ ނިންމުމަކީ ގާނޫނާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންކަމުން، އިއްޔެގެ ވަގުތެއްގައި އެ ފަސް މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން އިތުރަށް ބުނީ އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ޝަރީއަތް ނިމެންދެން ތިން މީހަކު ބަންދުގައި ބޭތިއްބުމަށާއި އަދި އެކަކު 15 ދުވަހު ބަންދުގައި ބަހައްޓަން އަމުރުކޮށްފައިވާ ކަމަށެވެ. އަދި އަނެއް މީހާގެ ބަލި ހާލަތު ހުރި ގޮތުން ދޫކޮށްލާފައިވާކަން ވެސް ފާހަގަކުރެ އެވެ.

އެންމެ ފުރަތަމަ އެ ފަސް މީހުންނާއި ގުޅިގެން ފުލުހުން ބުނެފައި ވަނީ ނޮވެމްބަރު 11 ވަނަ ދުވަހު އެ މައްސަލަ ކޯޓަށް ހުށައެޅިފައިވާތީ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުގެ ފަރާތުން ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓައި ދިނުމަށް ކޯޓްގައި އެދުމުން 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މައްސަލަ ބައްލަވާ ފަނޑިޔާރުގެ ކުރިފުޅު މައްޗަށް ހާޒިރުކޮށް ބަންދާއިމެދު ގޮތެއް ނިންމުމަށް އަންގާފައިވާ ކަމަށެވެ. އަދި ނޮވެމްބަރު 25 ވަނަ ދުވަހު ކޯޓުން މައްސަލަ ޝެޑިއުލްކޮށް ބަންދުގެ މުއްދަތު އިތުރު 10 ދުވަހަށް އިތުރުކުރި ކަމަށެވެ.

އެގޮތުން ޑިސެމްބަރު ތިން ވަނަ ދުވަހު އެ ފަރާތްތަކުގެ މައްސަލަ ބަލާއި ސެކްޝަނާއި ހަވާލުވެ ހުންނެވި ގާޒީ ބަންދާ ގުޅޭ އަޑުއެހުމެއް ބާއްވާފައިވާ ކަމަށާއި އެގޮތުން އެ ދުވަހު 18:00 އިން ފެށިގެން ގާތްގަނޑަކަށް 23:00 އަށް އަޑުއެހުން ކުރިއަށް ގެންދިޔައިރު އެ އަޑުއެހުމުގައި ވަނީ ހަތަރު ވަނަ ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް އަޑުއެހުމެއް ބާއްވާނެ ކަމަށް އަންގާފައި ކަމަށް ވެސް ފުލުހުން ބުނެ އެވެ.

އެހެންނަމަވެސް ހަތަރު ވަނަ ދުވަހު، 18:00 ގެ ފަހުން ފެށުނު އަޑުއެހުމުގައި މައްސަލައިގައި ތުހުމަތުކުރެވޭ ފަސް ފަރާތްގެ ސަބަބުން މުޖުތަމައުގެ ސަލާމަތައް ނުރައްކަލެއް ކުރިމަތިވެދާނެ ސަބަބެއް އޮތްކަމަށް ނުފެންނަކަމަށް ބުނެ ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ. 

ފުލުހުން ބުނި ގޮތުގައި އެމީހުން ހައްޔަރުކުރީ އެއް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެއްޗާއެކު އެވެ. އޭގެ ތެރޭގައި އެއް ކިލޯއަށް ވުރެ ގިނަ ކެނެބިސް އާއި 108 ގްރާމް، އެމްޑީއެމްއޭ އަދި ހަތް ގްރާމް ހިރޮއިން ހިމެނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް