
ޖެންޑާ މިނިސްޓްރީން މިހެން ބުނެފައިވަނީ، ށ.ފުނަދޫ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރަށް މުވައްޒަފުން ނެގުމުގައި ވަކި ބަޔަކަށް މަންފާ ހޯދަން މަސައްކަތް ކުރާ ކަމަށްބުނެ އެރަށުގައި މިއަދި ބަޔަކު މުޒާހަރާ ކޮށްފައިވާ ދަނޑިވަޅެއްގައެވެ.
ޖެންޑާ މިނިސްޓްރީން ބުނީ، ށ.ފުނަދޫ ފެމިލީ އެންޑް ޗިލްޑްރަން ސާވިސް ސެންޓަރަށް ބޭނުންވާ މުވައްޒަފުން މިނިސްޓްރީން ނަގަމުންދަނީ ސިވިލް ސަރވިސްގެ ގަވާއިދުގެ ތެރެއިން ކަމަށެވެ. އަދި ރައްޔިތުންގެ ނުތަނަވަސްކަމެއް އުޅޭ ހާލަތެއްގައި ސިވިލް ސާވިސް ކޮމިޝަނާއި މިނިސްޓްރީން މަޝްވަރާކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
މިއަދު ފުނަދޫގައި ކުރިއަށްދިޔަ މުޒާހަރާގައި ބައިވެރިން ވަނީ އެމީހުންގެ ޝުއޫރުތަށް ލިޔެފައިވާ ބޯޑުތަށް ހިފައިގެން އަޑުއުފުލާފައެވެ. އެގޮތުން މުޒާހަރާގެ ބައިވެރިންގެ ބައެއް ކަންބޮޑުވުންތަކުގެ ތެރޭގައި، ޝަރުތު ހަމަވާ މީހުންގެ ނަންތައް ޝޯޓްލިސްޓު ނުވުމާއި، ވަޒީފާތަކަށް މީހުން ނެގުމުގައި އިންސާފެއް ނެތްކަން ހިމެނެއެވެ.