
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު(ޕީސީބީ)ން މިއަދު ބުނީ ޑިވެލޮޕްމެންޓް ބޭންކުގެ ބޯޑު މެމްބަރު ކަމުގެ މަގާމުގައި ހުންނެވި މއ. ވޭސައިޑް, 805 ފްލެޓް، އަހްމަދު އަލީ، އިއްޔެ, އިސްތިއުފާ ދެއްވުމަށް ހުށަހަޅުއްވާފައިވާތީ، އޭނާގެ އިސްތިއުފާ ގަބޫލުކޮށް އެ މަގާމުން ވަކިކޮށްފައިވާ ކަމަށެވެ.
އަހްމަދު އަލީ ވަނީ މީގެކުރިން މީރާގެ އިސް މަގާމުތަކެއް ފުރުއްވާފައެވެ. އޭނާ ޑީބީއެމްގެ ބޯޑު މެމްބަރުކަމަށް އައްޔަންކުރީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 21 ވަނަ ދުވަހެވެ.
ރާއްޖޭގައި ހިންގާ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ރާއްޖޭގެ ޑިވެލޮޕްމެންޓް ބޭންކް އުފެއްދީ މިދިޔަ މޭ މަހުގެ 16ވަނަ ދުވަހެވެ. އެހެންނަމަވެސް އެ ބޭންކުގެ މަސައްކަތް ނުފެށެނީން އެ ބޭންކުގެ މެނޭޖިން ޑިރެކްޓަރު އަދި ޗީފް އެގްޒެކްޓިވް އޮފިސަރުކަމުގެ މަގާމަށް އައްޔަންކުރި ނޮއެލް ގްރެގާ ޕެޓަސަން ޖޯންސް ވެސް ވަނީ މަގާމުން އިސްތިއުފާދެއްވާފައެވެ.