ads
ބޫމީ--
ބޫމީ 32 ކިލޯ ލުއިކުރި ގޮތުގެ ސިއްރު މި އޮތީ!
ޔަޝް ރާޖް ފިލްމްސްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަ އަހަރު ދުވަހު މަސައްކަތް ކުރުމަށް ފަހު، ބޫމީ ޕެޑްނެކާރު ބޮލީވުޑަށް ތައާރަފުވީ 2015 ވަނަ އަހަރު ނެރުނު ފިލްމު، "ދަމް ލަގާ ކޭ ހައިޝާ" އިންނެވެ. އެ ފިލްމުގައި ވަރަށް ފަލަ އަންހެނެއްގެ ރޯލުން ބޫމީ ފެނިގެން ދިޔައިރު ފިލްމަށް ފަހު އޭނާ މި ވަނީ 32 ކިލޯ ލުއިކޮށްލާފަ އެވެ.
ޔަޝް ރާޖް ފިލްމްސްގައި އެސިސްޓެންޓް ޑައިރެކްޓަރެއްގެ ގޮތުގައި ހަ އަހަރު ދުވަހު މަސައްކަތް ކުރުމަށް ފަހު، ބޫމީ ޕެޑްނެކާރު ބޮލީވުޑަށް ތައާރަފުވީ 2015 ވަނަ އަހަރު ނެރުނު ފިލްމު، "ދަމް ލަގާ ކޭ ހައިޝާ" އިންނެވެ. އެ ފިލްމުގައި ވަރަށް ފަލަ އަންހެނެއްގެ ރޯލުން ބޫމީ ފެނިގެން ދިޔައިރު ފިލްމަށް ފަހު އޭނާ މި ވަނީ 32 ކިލޯ ލުއިކޮށްލާފަ އެވެ.

ބަރުކޮށް ހުރުމަށް ފަހު މީހާ ލުއިވުމަކީ އެއް ގޮތަކަށް ވެސް ކުރަން ފަސޭހަ ކަމެއް ނޫނެވެ. އެކަމަކީ ހިތްވަރާއެކު ކުރިމަތިލާން ޖެހޭ ކަމެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ނަތީޖާއެއް ނުނެރެވިދާނެ ކަމެއް ނަމަވެސް ގަދައަޅާ މަސައްކަތް ކުރުމުން އެއީ ނުވާނެ ކަމެއް ނޫންކަން ބޫމީ މި ވަނީ ސާބިތުކޮށްދީފަ އެވެ.

މިއީ 30 އަހަރުގެ ބޫމީ، 89 ކިލޯގައި ހުރުމަށް ފަހު، އޭނާގެ ބަރުދަން 57 ކިލޯއަށް ލުއި ކޮށްލި ގޮތުގެ ވާހަކަ އެވެ. ރިސާޗުތައް ހަދައި ބަރުދަން ލުއި ކުރާނެ ގޮތް ގޫގަލް ކުރުމުގެ ބަދަލުގައި ބޫމީ ނިކުތީ ސީދާ ނަތީޖާ ނެރުމަށެވެ.

ބޫމީ ބުނި ގޮތުގައި އޭނާއަކީ ތައްޔާރީ ކާނާ ވަރަށް ކާހިތްވާ މީހެއް ކަމަށެވެ. އެކަމަކު ތައްޔާރީ ކާނާ އާއި ހަކުރު ހިމެނޭ ބާވަތްތައް ކެއުން އޭނާ ހުއްޓާލީ ހިކެން ކެތް މަދުވެފައި ހުރި މިންވަރުންނެވެ. އެގޮތުން ކެއުމުގައި ހަކުރު ހިމެނޭ ބާވަތެއް ކާނަމަ ހަކުރުގެ ބަދަލުގައި އޭނާ ބޭނުން ކުރަން ފެށީ މާމުއި ފަދަ ތަކެއްޗެވެ.

ދުވާލެއްގެ މައްޗަށް ހަތް ލީޓަރުގެ ފެން ބުއިމަށް ވެސް އޭނާ ހާއްސަ ސަމާލުކަމެއް ދޭން ފެށި އެވެ. އަދި ލުނބޯ އާއި މިންޓް ފަތް އަދި ކިއުކަމްބާ ހިމެނޭހެން ބުއިމެއް ތައްޔާރުކޮށް ކޮންމެ ދުވަހަކު އެ ވެސް ބޯން ފެށި އެވެ. އެ ބުއިމަކީ ފަސޭހައިން ހަޖަމް ކުރުމަށް އެހީވާ އަދި މީހާގެ ހަންގަނޑު ރީއްޗަށް ބެހެއްޓުމަށް ވެސް އެހީވެދޭ ބުއިމެކެވެ.

އޭގެ އިތުރުން، ހިކުމަށް ގިނަ އަދަދެއްގެ ބަޔަކު ނުކައި ނުބޮއި މުޅި ދުވަސް ހޭދަކުރި ނަމަވެސް އެކަން ބޫމީ ގަބޫލެއް ނުކުރެ އެވެ. އޭގެ ބަދަލުގައި ގަޑިން ގަޑިއަށް ކެއުމަށް އޭނާ ހާއްސަ ސަމާލުކަމެއް ދެއެވެ. އެގޮތުން އަވަސް އަރުވާލައިގެން އެގޮތަށް ހިކުމުގެ ބަދަލުގައި ސިއްހަތަށް ވެސް ބަލައިގެން ހިކެން މަސައްކަތް ކުރުން މުހިއްމު ކަމަށް އޭނާ ދެކެ އެވެ.
View this post on Instagram

Bright like the sun ☀️ #HappyDiwali

A post shared by Bhumi✨ (@bhumipednekar) on



ބޫމީ އިތުރަށް ބުނީ އެގޮތަށް ހިކެން މަސައްކަތް ކުރާއިރު ތައްޔާރީ ކާނާ ކާހިތްވާ ކަމަށެވެ. އެހެންވެ ހަފުތާއަކު އެއް ފަހަރު އޭނާ ކާހިތްވާ ކޮންމެވެސް އެއް ބާވަތެއްގެ ކެއުމެއް ކާކަމަށެވެ.

ހަމައެއާއެކު ކެއުމަށް އިސްކަން ދޭ ފަދައިން ކަސްރަތު ކުރުމަށް ވެސް އޭނާ ސަމާލުވެ އެވެ. އެގޮތުން ހަފުތާއަކު މަދުވެގެން ތިން ފަހަރު ކާޑިއޯ ޖައްސަ އެވެ. އަދި ޖިމަށް ގޮސްގެން ވެސް ހިކުމަށްޓަކައި މަސައްކަތްތައް ކުރި އެވެ.

ދިރިއުޅުމަށް ގެނައި އެ ބަދަލުތަކާއެކު މީހާއަށް އިތުރަށް ބުންވަރު ލިބި ހެލިފެލިވެ އުޅެން ވެސް ވަރަށް ބޮޑަށް ފަސޭހަވެގެން ދިޔަ ކަމަށް ބޫމީ ބުންޏެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް