
ކޮވިޑް-19
އިތުރު 25 މީހުން ޕޮޒިޓިވް ވެއްޖެ، މާލެއިން 21
އަބްދުﷲ ޒިޔާން އަލީ
25 ޑިސެމްބަރ 2020 - 22:11:43
ރާއްޖެއިން އިތުރު 25 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން މިއަދު ޓެސްޓު ކުރެވުނު 2،183 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 25 މީހުން ކަމަށެވެ. އަދި އެއީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 21 މީހުންނާއި، އަތޮޅުތެރޭގެ ރައްތަކުން ޕޮޒިޓިވްވި 4 މީހުން ކަމަށެވެ.
މި އަދަދުތަކާއި އެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 13،583 އަރާފައެވެ. އަދި މިހާތަނަށް ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 13،026 މީހުންނެވެ.
އެކްޓިވް ކޭސްތަކުގެ އަދަދު 502 ގައި އުޅޭއިރު، ހޮސްޕިޓަލު ތަކުގައި 36 މީހަކަށް އަންނަނީ ފަރުވާދެމުންނެވެ. އަދި މިބަލީގައި މިހާތަނަށް 48 މީހަކު ވަނީ މަރުވެފައެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް